އެފްއޭއެމްގެ އެވޯޑްސް ކޮމިޓީގެ ޗެއާމަނަކަށް މާއްޓޭ
އެފްއޭއެމްގެ އެވޯޑްސް ކޮމިޓީގެ ޗެއާމަނަކަށް މާއްޓޭ

އެފްއޭއެމް އެވޯޑް ކޮމިޓީގެ ކުރީގެ ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) އައްޔަން ކޮށްފި އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް ކުރި އަދާކުރި މާއްޓޭ، ކުޅިވަރުގެ މަގާމެއް އެންމެ ފަހުން އަދާކުރީ، ކުޅިވަރުގެ މަޝްރޫތައް ހިންގަން ކުރިން އުފެއްދި ކުންފުނި، ސްޕޯޓްސް ކޯޕަރޭޝަނުގަ އެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން އެންމެ ފަހުން އަދާކުރީ މާއްޓޭ އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަމާއި ސްޕޯޓްސް ކޯޕަރޭޝަނުގެ އެމްޑީގެ މަގާމަށް ވުރެ މާއްޓޭ މަޝްހޫރު ވެފައި ވަނީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ކޯޗުގެ ގޮތުގަ އެވެ.

ކުރީގެ އެއްވަނަ ގޯލް ކީޕަރު ވަނީ ކުޅުންތެރިޔެއް އަދި ކޯޗެއްގެ ގޮތުގައި އޭނާގެ ކުރީގެ ކްލަބް ވިކްޓަރީ އަށް ގިނަ ކާމިޔާބުތަކެއް ހޯދައި ދީފަ އެވެ.

އެ ކޮމިޓީގައި ދެން މަސައްކަތް ކުރާނީ ރާއްޖޭގެ އިންޓަނޭޝަނަލް މެޗު ކޮމިޝަނަރު އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޯ) އެވެ. އޭނާ އަކީ ކޮމިޓީގެ ވައިސް ޗެއާޕާސަނެވެ.

ކުރީގެ މަޝްހޫރު ރެފްރީ އަހްމަދު އަބީރު އިސްމާއީލް ވެސް ކޮމިޓީގައި ހިމެނެ އެވެ. އެފްއޭއެމްގެ އެކްސްކޯއިން އެކުލަވާލި ކޮމިޓީ އަށް ދެން ހިމަނާފައި ވަނީ ކުރީގެ ނޫސްވެރިޔާ މުހައްމަދު ޝަހީބެވެ. ފުޓްބޯޅަ ނޫސްވެރިޔެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ޝަހީބު ވަނީ ކުޅިވަރު އެވޯޑް ކުރިން ދިން، "ހަވީރު" ގެ ސްޕޯޓްސް އެވޯޑް ކޮމިޓީގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ގައުމީ ޓީމުގެ ކޯޗު ވެސް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނާނެ އެވެ.

އެފްއޭއެމްގެ އެވޯޑް ދެނީ މިފަހަރު ސީޒަނުގެ ނަތީޖާ އާއި ކުޅުމަށް ބިނާކޮށެވެ.
އެވޯޑް ދޭނީ 12 ކެޓަގަރީއަކުންނެވެ. އެއީ:

- ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ (ގަދަ ތިން ކުޅުންތރިން)

- ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ

- ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ

- ސަޕޯޓަރުންގެ އެންމެ މަގުބޫލު ކުޅުންތެރިޔާ

-- އެންމެ މޮޅު ގޯލްކީޕަރު

- 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ

- އެންމެ މޮޅު ބިދެސީ ކުޅުންތެރިޔާ

- އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ

- އެންމެ މޮޅު ކޯޗު

- އެންމެ މޮޅު ގޯލް

- އެންމެ މޮޅު ކްލަބް

- އެންމެ މޮޅު ރެފްރީ