24 ސެޕްޓެމްބަރ 2025 - 15:09

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި ވިލާގެ ޗެއާމަން ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.
މާމިގިލި ދާއިރާގެ މެމްބަރު ގާސިމް 74، ގެ ގާތް ބޭފުޅަކު މިއަދު ވިދާޅުވީ، ސަން އައިލެންޑު ރިސޯޓުގައި ހުންނަވަނިކޮށް އިއްޔެ "އުނދަގޫތަކެއް" ވެގެން ލޯންޗުގައި މާލެ ވަޑައިގަތީ ކަމަށެވެ.
"ފްލައިޓަށް ވެސް ނޭރުއްވީ މައްޗަށް ވީމާ ޕްރެޝަރު ބޮޑުވެދާނެ ކަމުގެ ބިރަށް. އެހެންވެ، ލޯންޗުކޮޅުގައި ވަޑައިގެން އައިޖީއެމްއެޗަށް ވަޑައިގަތީ،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗަށް ވަޑައިގަތުމާ އެކު، އެޑްމިޓްކޮށް ގާސިމަށް ފަރުވާދޭން ފެށި އެވެ.
"އެކަމަކު މިހާރު ސްޓޭބަލް. ހާލުކޮޅު ވަރަށް ރަނގަޅު،" ގާސިމްގެ ގާތް ފަރާތުން ވިދާޅުވި އެވެ.
ގާސިމްގެ އާލާސްކަންފުޅާ ގުޅޭ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ގާސިމަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާތީ ކުރިން ވެސް ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ.