ފުލިދޫ ބޭރުން ކަނޑަށް އިތުރަށް ތެޔޮ އެޅިފައިވޭތޯ އެމްއެންޑީއެފުން ބަލަނީ
ފުލިދޫ ބޭރުން ކަނޑަށް އިތުރަށް ތެޔޮ އެޅިފައިވޭތޯ އެމްއެންޑީއެފުން ބަލަނީ

ވ. ފުލިދޫ ބޭރުން ކަނޑަށް އެޅިފައިވާ ތެޔޮތަކެއް އެ ރަށުގެ ފަޅާއި ގޮނޑުދޮށަށް ލައްވެ ތަޣައްޔަރު ވެފައިވާތީ އެ ސަރަަހައްދުގެ ކަނޑަށް އިތުރަށް ތެޔޮ އެޅިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ފުލިދޫ ފަޅާއި ގޮނޑުދޮށަށް ގިނަ އަދަދަކަށް ކަޅުތެޔޮ ފެތުރިފައިވާތީ، އެ ސަރަހައްދު އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ކޯސްޓް ގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދު ހަލަވެލިން ކަމަށެވެ.

ފުލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ތެޔޮ ލައްވީ ރަށުގެ ހުޅަނގު ދެކުނު ގޮނޑުދޮށަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރަށަށް ލައްގާފައިވަނީ ތެޔޮ އުފުލާ ބޯޓަކުން މޫދަށް އެޅުނު ނުވަތަ ދޫކޮށްލާފައިވާ ތެޔޮތަކެއް ކަމަށް ބެލެވެ އެވެ.

ގެސްޓް ހައުސްގެ ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެ ރަށުގެ ގޮނޑުދޮށް އޮތީ ގިނަ އަދަދެއްގެ ތެޔޮ ލައްވުމުގެ ސަބަބުން ކަޅުވެފަ އެވެ.

އިމްތިޔާޒު ވިދާޅުވި ގޮތުގައި ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށުގެ އެއްކޮޅުން އަނެއްކޮޅަށް އޮތީ ތެލެވެ.