ބެންކޮކްގެ ހޮސްޕިޓަލެއްގެ ކުރިމަތިން ބިންގަނޑު ގަނބައިގަނެ ބޮޑު ވަޅުގަނޑެއް ހެދިއްޖެ
ބެންކޮކްގެ ހޮސްޕިޓަލެއްގެ ކުރިމަތިން ބިންގަނޑު ގަނބައިގަނެ ބޮޑު ވަޅުގަނޑެއް ހެދިއްޖެ

ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ކާރޫބާރު ބޮޑު މަގެއްގެ އެއް ބައި މިއަދު އަޑިއަށް ގަނބައިގަނެ ފުން ވަޅުގަނޑެއް ހެދިއްޖެ އެވެ.

ބެންކޮކްގެ ހޮސްޕިޓަލެއްގެ ކުރިމަތިން ބިންގަނޑު ގަނބައިގަނެ ބޮޑު ވަޅުގަނޑެއް ހެދިއްޖެ
ބެންކޮކްގެ ހޮސްޕިޓަލެއްގެ ކުރިމަތިން ބިންގަނޑު ގަނބައިގަނެ ބޮޑު ވަޅުގަނޑެއް ހެދިއްޖެ

މި ބޮޑު ވަޅުގަނޑު ހެދުނީ ބެންކޮކްގައި އާންމުން ގިނަ ސަރަހައްދެއްގައި ހުންނަ ވަޖިރާ ހޮސްޕިޓަލުގެ ބޭރުގަ އެވެ. ގާތްގަނޑަކަށް 50 މީޓަރު (160 ފޫޓް) ފުޅާ ވަޅުގަނޑެއް ހެދިފައި ވާއިރު ކަރަންޓް ނަރުތައް ބުރިވެ ފެން ހޮޅިތައް ވެސް ފެޅި ހާމަޔަށް ފެންނަން ހުއްޓެވެ.

ބެންކޮކްގެ ޑިޒާސްޓާ ޕްރިވެންޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ސުރިޔަޗައި ރަވިވާން އޭއެފްޕީއަށް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ދާދި ފަހުން ބޯކޮށް ވާރޭ ވެހުމާއި ފެން ހޮޅިއަކުން ލީކުވަމުން ދިއުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.

"ފެން ހޮޅިން ލީކުވެފަައި ހުރި -- އެ ފެނުން ބިންގަނޑު ތެމި ވެލިގަނޑު ދޫވެގެން މި ހާދިސާ ހިނގީ ކަމަށް ބެލެވެނީ،" ހާދިސާގައި މީހަކަށް ކަމެއް ނުވާކަން ފާހަގަކުރައްވަމުން ސުރިޔަޗައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިމު އަޑިން ފެން ލީކުވަމުން ދިޔައިރު އިމާރާތްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ސަބްވޭއެއްގެ ތެރެއަށް ވެލިގަނޑު ދެމެމުން ގޮސްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި ތަނުގެ ކުރިމަތީގައި ޕޮލިސް ސްޓޭޝަނެއް ވެސް ހުންނައިރު އެތަނުން މިހާރު ވަނީ މީހުން ހުސްކޮށްފަ އެވެ. އަދި ކައިރި އެޕާޓްމަންޓުތަކުން ވެސް މީހުން ހުސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. -- އޭއެފްޕީ