24 ސެޕްޓެމްބަރ 2025 - 12:23

ސ. ހިތަދޫގައި ރޭ ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 34 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ދަންވަރު 1:17 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާގެ ހަށިގަނޑުގެ ދެ ތަނަކަށް ވަނީ ހަމަލާދީފަ އެވެ. އޭނާއަށް ހިތަދޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އެކަމަކު ހާލު ރަނގަޅުކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.