ސްކޫލް ޗުއްޓީގައި އުރީދޫ ފަންރަން ޑިޒައިނެއް ހަދައިގެން ފަންރަން ކިޓެއް!
ސްކޫލް ޗުއްޓީގައި އުރީދޫ ފަންރަން ޑިޒައިނެއް ހަދައިގެން ފަންރަން ކިޓެއް!

އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ އެންމެ ފޯރިގަދަ، އެންމެ މަޖާ ދުވުން "ފަންރަން"ގެ އާޓްކޮންޓެސްޓެއް އިއުލާނުކޮށްފި އެވެ.

އުމުރުން ހަތް އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލި މި ކޮންޓެސްޓުގައި ބައިވެރިވެވޭނީ "ފަންރަން"އާ ގުޅޭ އާޓްވޯކެއް ހަދައި، އެ އާޓްވޯކު[email protected]އަށް މެއިލްކޮށްގެންނެވެ. އަންނަ ހޮނިހިރު ދުވަހުގެ ދަންވަރު 11:59 ގެ ކުރިން އާޓްވޯކު މެއިލްކުރަން ޖެހޭނެ އެވެ. އާޓްވޯކް މެއިލް ކުރުމަށް އާޓްވޯކުގެ ސާފު ފޮޓޯއެއް ނުވަތަ ސްކޭނެއް ބޭނުން ކުރެވިދާނެ އެވެ. މެއިލް ކުރާ އިރު، ކުއްޖާގެ ފުރިހަމަ ނަމާއި އުމުރާއި ބެލެނިވެރިޔާގެ ނަމާއި ގުޅޭނެ ނަމްބަރު ހިމަނަންޖެހެ އެވެ. އާޓްވޯކް ފޮނުވާއިރު، ބޭނުންވާ ނަމަ، އާޓްވޯކާ ގުޅޭ 20 ބަހުގެ ކެޕްޝަނެއް ހިމެނިދާނެ އެވެ.

މެއިލް ކުރާ އާޓްވޯކުތައް އުރީދޫން އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ހިއްސާކުރާނެ އެވެ. އެ ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ފަސް ކުރެހުން ކުރެހި ކުދިންނަށް އުރީދޫ "ފަންރަން" ކިޓު ލިބޭނެ އެވެ.

މި ކޮންޓެސްޓަށް ކޮންމެ ކުއްޖަކަށް ވެސް ހުށަހެޅޭނީ އެންމެ އެންޓްރީއެކެވެ. މުބާރާތުގައި ލައިކް ލިބޭ މިންވަރު ބަލާނީ ހަމައެކަނި އުރީދޫގެ ރަސްމީ ޕޯސްޓުތަކަށެވެ.

އުރީދޫގެ ޑިޒައިނަރުންގެ ޓީމަށް ކުޑަ ބްރޭކެއް ދީ، ކުޑަކުދިންނަށް ޑިޒައިންކުރަން ހުޅުވާލި މި ފުރުސަތަކީ ފަންރަންގެ އުފާވެރިކަން ދައްކައިދޭނެ ކުރެހުންތައް ކުރެހުމަށް ދޭ ފުރުސަތެއް ކަމަށް އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ. ނިޔާޒް ވިދާޅުވީ އެ ދުވުމުގެ އުފާވެރިކަމާއި މަޖާކަން އެންމެ ފުރިހަމައަށް ގެނެސްދެވޭނީ ކުޑަކުދިންނަށް ކަމަށެވެ.

އުރީދޫ ފަންރަން އަކީ ކޮންމެ އަހަރަކު ވެސް ބާއްވާ ދުވުމެކެވެ. މި ދުވުން ހުޅުމާލޭގެ އިތުރުން ބޮޑެތި އެކި ރަށްރަށުގައި ވެސް ވަނީ ބާއްވަން ފަށައިފަ އެވެ.