ފުލިދޫ ގޮނޑުދޮށް ކަޅުތެލުން ތަޣައްޔަރުވެއްޖެ
ފުލިދޫ ގޮނޑުދޮށް ކަޅުތެލުން ތަޣައްޔަރުވެއްޖެ

ވ. ފުލިދޫ ބޭރުން ކަނޑަށް އެޅިފައިވާ ތެޔޮތަކެއް އެ ރަށު ފަޅާއި ގޮނޑުދޮށަށް ލައްވެ ތަޣައްޔަރުވެއްޖެ އެވެ.

ފުލިދޫ ގޮނޑުދޮށް ކަޅުތެލުން ތަޣައްޔަރުވެއްޖެ
ފުލިދޫ ގޮނޑުދޮށް ކަޅުތެލުން ތަޣައްޔަރުވެއްޖެ

ފުލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒު، "މިހާރު" އަށް ވިދާޅުވީ ތެޔޮތައް ލައްވެފައިވަނީ ރަށުގެ ހުޅަނގު ދެކުނު ގޮނޑުދޮށަށް ކަމަށެވެ.

ފުލިދޫ ގޮނޑުދޮށް ކަޅުތެލުން ތަޣައްޔަރުވެއްޖެ
ފުލިދޫ ގޮނޑުދޮށް ކަޅުތެލުން ތަޣައްޔަރުވެއްޖެ

އޭނާ ވިދާޅުވި ގޮތުގައި ރަށަށް ލައްގާފައިވަނީ ތެޔޮ އުފުލާ ބޯޓަކުން މޫދަށް އެޅުނު ނުވަތަ ދޫކޮށްލާފައިވާ ތެޔޮތަކެއް ކަމަށް ބެލެވެ އެވެ.

"އަޅުގަނޑުމެންނަށް ހަމަ ބޮޑަށް ހީވަނީ ތެޔޮ އުފުލާ ބޯޓަކުން ބޭރުކޮށްފައި ހުރި އެއްޗެހި ކަމަށް. ހަމަ އަޑީތެޔޮ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

ގެސްޓްހައުސްގެ ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ކުރާ އެ ރަށުގެ ކައުންސިލުގެ ރައީސް ވިދާޅުވީ ގިނަ އަދަދެއްގެ ތެޔޮ ކަނޑަށް އެޅުމުގެ ސަބަބުން އެ ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށުގެ އެއްކޮޅުން އަނެއްކޮޅަށް އޮތީ ތެޔޮ ކަމަށެވެ.

ފުލިދޫ ކައުންސިލުން ބުނީ ތެޔޮތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.