ލިވަޕޫލުގެ ހުއްޓުވުމަކީ ނުކުރެވޭނެ ކަމަކަށް ވެސް ވެދާނެ: މަރެސްކާ
ލިވަޕޫލުގެ ހުއްޓުވުމަކީ ނުކުރެވޭނެ ކަމަކަށް ވެސް ވެދާނެ: މަރެސްކާ

މި ސީޒަނުގައި ވެސް ލިވަޕޫލު ހުއްޓުވުމަކީ ނުކުރެވޭނެ ކަމަކަށް ވެދާނެ ކަމަށް ވާދަވެރި ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

ސީޒަންގެ ކުރީކޮޅުގައި ވެސް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލު ތާވަލުގެ އެއްވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާ އެކު އެވެ.

ބްރެންޓްފޯޑް އަތުން 2-2 ން އެއްވަރުވެ އަދި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 ން ބަލިވި މަރެސްކާގެ ޗެލްސީ އާއި ލިވަޕޫލާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ.

މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ލިވަޕޫލުން ހޯދީ ބާކީ ހަތަރު މެޗު އޮއްވަ އެވެ. އާ ސީޒަނާ އެ ޓީމުން ކުރިމަތިލީ ޓްރާންސްފާ ޕީރިއަޑްގައި އެ ޓީމުގެ ރެކޯޑް ދެ ފަހަރަށް މުގުރާލައިގެންނެވެ. އާ ކުޅުންތެރިން ސޮއި ކުރުވަން 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ލިވަޕޫލުން ކުރި އެވެ.

"މިގޮތަށް އެ ޓީމު ދާކަމަށް ވަންޏާ އަހަރެމެންނަށް، އަދި ކީއްކުރަން އެހެން ކްލަބަކަށް ވެސް އެ ޓީމު ނުހުއްޓުވިދާނެ،" މަރެސްކާ ބުންޏެވެ.

"މިދިޔަ ސީޒަނުން ފެށިގެން އެ ޓީމުން ދަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުން. އަދި އެ ކްލަބުން ގަތް ކުޅުންތެރިންގެ ކިބައިގައި ވެސް އެބަހުރި އަނެއްކާ ވެސް ޕްރިމިއާ ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރުމުގެ އަޒުމު،"