ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްއޭސީއެލުން ފަށައިފި

ތ. ވިލުފުށީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްއޭސީއެލުން ފަށައިފި

އެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވިލުފުށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްއޭސީއެލުން ފަށައިފި

އެއާޕޯޓު މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ. ސަރުކާރުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ވިލުފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ރޭ ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއް ހަދައި، ރައްޔިތުންގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހައިދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ.

ރައީސް މުއިއްޒާއި އެންމެ ފަހުން ވިލުފުށީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވެސް ރަށުގެ ހިދުމަތްތައް ފުޅާކުރުމަށް އެދި ހުށަހެޅި ހުށަހެޅުންތަކާއި އެކު އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ގެންދިއުން ވެސް ހިމެނެ އެވެ.

ރައީސް ވިދާޅުވީ އެ ރަށުގައި އަޅާ އެއާޕޯޓުރަންވޭގެ ދިގުމިނަކީ 1،800 މީޓަރު ކަމަށެވެ. އަދި އެ އެއާޕޯޓުގެ ބިން ހިއްކުމާއި ހިއްކާ ބިން ހިމާޔަތްކޮށް ރަންވޭ ހެދުމުން ފެށިގެން ހުރިހާ މަސައްކަތެއް ކުރިޔަށް ގެންދާނީ އެމްއޭސީއެލުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމަން ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.

ވިލުފުށި އެއާޕޯޓަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގެ ވެސް ވައުދެކެވެ. އިބޫގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށްވެ، އިންތިހާބު ބޯމަތިވެފައި އޮއްވާ އިބޫ އެ ރަށަށް ވަޑައިގަތުމުން އިހުތިޖާޖު ކުރުމުގެ ގޮތުން އެއާޕޯޓު މޮޑެލަކާއި ހޮސްޕިޓަލްގެ މޮޑެލެއް ބަނދަރު ސަރަހައްދުގައި ބަހައްޓައި، އެ ވައުދު ނުފުދޭތީ ރިބަން ކަނޑަން ވެސް އެރަށު ރައްޔިތުން ތައްޔާރުކުރި އެވެ.

ރިސޯޓް ހަދާނެ ރަށެއް ދޭ އުސޫލުން، ވިލުފުށީ އެއާޕޯޓު ހެދުމަށް ބިން ހިއްކުމަށް އޮގަސްޓު 2023 ގައި އޭރުގެ ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް މިހާތަނަށް އޮތީ އެއްވެސް މަސައްކަތެއް ނުކޮށެވެ.