އެންމެ ބޮޑު އެހީތެރިކަމީ ހަމަޖެހުން ގާއިމްކުރަން ދޭ ތާއީދު: ރައީސް
އެންމެ ބޮޑު އެހީތެރިކަމީ ހަމަޖެހުން ގާއިމްކުރަން ދޭ ތާއީދު: ރައީސް

ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެހީތެރިކަމަކީ ގައުމުގައި ހަމަޖެހުން ގާއިމް ކުރަން ލިބޭ ތާއީދު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެންމެ ބޮޑު އެހީތެރިކަމީ ހަމަޖެހުން ގާއިމްކުރަން ދޭ ތާއީދު: ރައީސް
އެންމެ ބޮޑު އެހީތެރިކަމީ ހަމަޖެހުން ގާއިމްކުރަން ދޭ ތާއީދު: ރައީސް

ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ވިލުފުށީގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރުމަށް ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންނަވާ ތާއީދަކީ ފެންނަން ނެތަސް އިހުސާސްވާ އެއްޗެއް ކަމަށެވެ.

އެންމެ ބޮޑު އެހީތެރިކަމީ ހަމަޖެހުން ގާއިމްކުރަން ދޭ ތާއީދު: ރައީސް
އެންމެ ބޮޑު އެހީތެރިކަމީ ހަމަޖެހުން ގާއިމްކުރަން ދޭ ތާއީދު: ރައީސް

އެ މަނިކުފާނުގެ ސަރުކާރުގައި ވިލުފުއްޓަށް ކޮށްދޭން ކަނޑައެޅުއްވި ދިގު ލިސްޓެއް އިއްވެވުމަށް ފަހު ވިދާޅުވީ، އެ ކަންކަމުގެ ފޮނިމީރުކަން ލިބެނީ ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރުމަށް ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންނަވާ ތާއީދުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދަރިންނަށް އުފާފާގަތި މުސްތަގުބަލެއް ހޯދައިދޭން. އެކަން އަޅުގަނޑުމެންނަށް ގާއިމް ވެގެން މި ދަނީ އަޅުގަނޑުމެން އެންމެން ގައުމު ހެޔޮމަގުން ގެންދަން ބޭނުންވާތީ. އަޅުގަނޑުމެން ބޭނުމެއް ނޫން ކުރީގައި މާޒީން ފެނުނު ދުވަސްތަކެއް އަނބުރާ ގެންނާކަށެެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބަދަލުހިފުމުގެ ރޫހާއި ގައުމުގެ ކަންކަން ހަލާކުކޮށްލާ ގޯސް މާޒީ އެވެ.

"އެހެންވީމާ އަޅުގަނޑުމެން ކުރިއަށް ބަލައި، އަޅުގަނޑުމެން އެކުގައި ގައުމުގެ ކަންކަން މައުނަވީ ގޮތުގަ އާއި ހުރިހާ ގޮތެއްގައި ރަނގަޅު ކުރުމަށް، ތަރައްގީ ކުރުމަށް މި ކުރާ މަސައްކަތުގައި އެންމެން ހުރިހާ ރައްޔިތުން ދެއްވާ އެއްބާރުލުމަކީ އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ބޭނުންފުޅު ވަނީ ގައުމަށް އުފާފާގަތި ހަމަޖެހޭ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އެކަން ވާނީ އެންމެން އެކުގައި ކުރާ މަސައްކަތުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ތަރައްގީގެ ކަންކަން ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ އެއްބާރުލުމާއި އެކު ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ކަމަށެވެ.

މި ސަރުކާރުން ގައުމާ ހާވާލުވީ އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަލަތިލާން ޖެހިފައިވާ ވަގުތެއްގައި ކަމަށް ވިޔަސް ފައިސާ ޗާޕު ނުކޮށް، ލޯނު ދައްކަމުން ކުރިޔަށް ދަނީ ހުރިހާ ހިދުމަތެއް ވެސް ރައްޔިތުންނަށް ލިބޭކަން ކަށަވަރު ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ތާވަލަށް އެއްވެސް ބަދަލެއް ނުގެެނެސް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދެމުން ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.