މާލޭގައި ބެލެންސް ސްޓޫޑިއޯގެ ނަމުގައި ވެލްނެސް ސެންޓަރެއް ހުޅުވައިފި
މާލޭގައި ބެލެންސް ސްޓޫޑިއޯގެ ނަމުގައި ވެލްނެސް ސެންޓަރެއް ހުޅުވައިފި

އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން "ބެލެންސް ސްޓޫޑިއޯ" ގެ ނަމުގައި މާލޭގައި ވެލްނަސް ސެންޓަރެއް ހުޅުވައިފި އެވެ.

މާލޭގައި ބެލެންސް ސްޓޫޑިއޯގެ ނަމުގައި ވެލްނެސް ސެންޓަރެއް ހުޅުވައިފި
މާލޭގައި ބެލެންސް ސްޓޫޑިއޯގެ ނަމުގައި ވެލްނެސް ސެންޓަރެއް ހުޅުވައިފި

ޒަމާނީ އިންޓީރިއާ އަދި ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކޮށްލެވޭ ގޮތަށް ޗާންދަނީ މަގުގައި ހުޅުވި ސްޓޫޑިއޯއަކީ މިހާރު ދުނިޔޭގައި މަޝްހޫރު ޕިލާޓީސްއަށް ހާއްސަ ސްޓޫޑިއޯ އެކެވެ.

މާލޭގައި ބެލެންސް ސްޓޫޑިއޯގެ ނަމުގައި ވެލްނެސް ސެންޓަރެއް ހުޅުވައިފި
މާލޭގައި ބެލެންސް ސްޓޫޑިއޯގެ ނަމުގައި ވެލްނެސް ސެންޓަރެއް ހުޅުވައިފި

އެ ސްޓޯޑިއޯ ހާއްސަކޮށްފައި ވަނީ ހުރިހާ އުމުރެއްގެ އަންހެނުންނަށެވެ. އަންހެނުންނާއި އަންހެން ކުދިން އަދި މާބަނޑު މީހުންނަށް ވެސް މި ސްޓޫޑިއޯގައި ޕްރޮގްރާމްތައް ހިންގާނެ އެވެ.

މާލޭގައި ބެލެންސް ސްޓޫޑިއޯގެ ނަމުގައި ވެލްނެސް ސެންޓަރެއް ހުޅުވައިފި
މާލޭގައި ބެލެންސް ސްޓޫޑިއޯގެ ނަމުގައި ވެލްނެސް ސެންޓަރެއް ހުޅުވައިފި

އަންހެނުން އަމިއްލަ ނަފްސާ މެދު އަޅާލުމާއި، އަމިއްލައަށް ވަގުތު ހޭދަކުރުން އަދި ބާރުވެރި ބައެއްގެ ގޮތުގައި ދިރިއުޅުން ކުރިއަށް ގެންދަން އެހީތެރިކަން ފޯރުކޮށްދޭ މި ސްޓޯޑިއޯއަކީ ލީނާޒް ހުސެއިން އާއި އައިޝަތު މައިޝާގެ ހުވަފެނެކެވެ. މިކަން ކާމިޔާބުވީ އެ ވިސްނުމުގައި ކުރި ހިތްވަރުން ކަން މި ސްޓޯޑިއޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ގާތް ދެ އެކުވެރިން ފާހަގަކޮށްފައިވެ އެވެ.

މި ސްޓޫޑިއޯ އިއްޔެ ހުޅުއްވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.

އެމްއެފް ބިލްޑިންގުގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެ ސްޓޫޑިއޯގައި އޮކްޓޫބަރު 1 އިން ފެށިގެން ކްލާސްތައް ނަގަން ފަށާނެ އެވެ. އެ ސްޓޫޑިއޯ އިން އެޕޮއިންޓްމަންޓް އުސޫލުން ޕްރައިވެޓް ސެޝަންތައް ވެސް ނަގައިދެ އެވެ.

ކޮންމެ ކްލާހެއް ވެސް ނަގައިދޭނީ އެކަމަކަށް ތަމްރީނު ލިބިފައިވާ ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ. އެތަނުގައި 30 އަހަރުގެ ތަޖުރިބާ ހުރި އިންސްޓްރަކްޓަރުން ވެސް މަސައްކަތްކުރާނެ އެވެ.

ބެލެންސް ސްޓޫޑިއޯގެ ކްލާސްތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އިތުރު މައުލޫމާތު ބޭނުންވާ ނަމަ، ސްޓޫޑިއޯގެ އިންސްޓަގްރާމް ޕޭޖަށް މެސެޖުކުރުމަށް އެ ސްޓޫޑިއޯ އިން އެދިފައިވެ އެވެ.