ލަންކާ ބަލިކޮށް ޕާކިސްތާނުން ޗެމްޕިއަންކަން ހޯދައިފި
ލަންކާ ބަލިކޮށް ޕާކިސްތާނުން ޗެމްޕިއަންކަން ހޯދައިފި

ރާއްޖޭގައި ބޭއްވި ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުގައި ސްރީ ލަންކާ ބަލިކޮށް ޕާކިސްތާނުން ޗެމްޕިއަންކަން ހޯދައިފި އެވެ.

ލަންކާ ބަލިކޮށް ޕާކިސްތާނުން ޗެމްޕިއަންކަން ހޯދައިފި
ލަންކާ ބަލިކޮށް ޕާކިސްތާނުން ޗެމްޕިއަންކަން ހޯދައިފި

ކޮމަންވެލްތު ބީޗް ހޭންޑްބޯޅައިގެ އަލަތު މުބާރާތް ޕާކިސްތާނުން ކާމިޔާބު ކުރީ ސައްތައިން ސައްތަ ރެކޯޑަކާ އެކު އެވެ. ކުޅުނު ހުރިހާ މެޗަކުން ވެސް އެ ޓީމު މޮޅުވި އެވެ.

ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މުބާރާތުގެ ފައިނަލުގައި ރޭ ޕާކިސްތާނުން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެ ޓީމުން ސެޓްތައް ގެންދިޔައީ 26-18، 28-18 އިންނެވެ.

ޕާކިސްތާން ފައިނަލަށް ދަތުރު ކުރީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ލަންކާ ފައިނަލުން ޖާގަ ހޯދީ ރާއްޖެ ބަލިކޮށްފަ އެވެ.

ސެމީން ބަލިވި ދެ ޓީމުގެ ދެމެދުގައި ކުޅުނު ތިންވަނަ ހޮވާ މެޗު އިއްޔެ ހަވީރު ރާއްޖޭން ބަންގްލަދޭޝް ބަލި ކުރީ ފަހަތުން އަރައި 2-1 ސެޓުންނެވެ.

މުބާރާތުގެ ފަސްވަނަ އިންޑިއާއިން ހޯދީ ދެކުނު އެފްރީކާ ބަލިކުރުމަށް ފަހު އެވެ.