މާލޭ ބަނދަރުގައި އޮތް ބޯޓަކުން ވެއްޓުނު އިންޑިއާ މީހާ އަދިވެސް ނުފެނޭ
މާލޭ ބަނދަރުގައި އޮތް ބޯޓަކުން ވެއްޓުނު އިންޑިއާ މީހާ އަދިވެސް ނުފެނޭ

ވިލިމާލެއާ ދިމާ ބޭރުގައި އަޅާފައި އޮތް އިންޑިއާގެ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން ރޭ ގެއްލިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެމްއެސްވީ ޑައުލާ ނަމަކަށް ކިޔާ ބޯޓުން ކަނޑަށް ވެއްޓުނީ އިންޑިއާގެ ރައްޔިތެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ސިފައިން ކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 11:35 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ، އެ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.