22 ސެޕްޓެމްބަރ 2025 - 19:39

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ނަމުގައި ރާއްޖޭގައި ބޭއްވި މުބާރާތުގެ ތިންވަނަ ރާއްޖޭން ހޯދައިފި އެވެ.
ތިންވަނަ ހޮވި މެޗުގައި، މިއަދު ހަވީރު ރާއްޖޭން ނުކުތީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ރާއްޖޭން ކާމިޔާބު ކުރީ 2-1 ންނެވެ.
މެޗުގެ ފުރަތަމަ ސެޓް، ބަންގްލަދޭޝްއިން 25-20 ން ކާމިޔާބު ކުރި އެވެ. އަނެއް ދެ ސެޓު ރާއްޖޭން ހޯދީ 22-12 އަދި 7-4 ންނެވެ.
މުބާރާތުގެ ލީގު ބުރުގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.
މުބާރާތުގެ ފަސްވަނަ ޓީމު ކަނޑައެޅުމަށް މިއަދު ކުޅުނު މެޗުގައި ވާދަކުރީ ސެމީ ފައިނަލުން ފުރުސަތު ގެއްލުނު އިންޑިއާ އާއި ދެކުނު އެފްރިކާ އެވެ. އެ މެޗު އިންޑިއާއިން ކާމިޔާބު ކުރީ 2-1 ންނެވެ.
ފައިނަލުގައި މިރޭ ނުކުންނާނީ ޕާކިސްތާނާއި ސްރީ ލަންކާ އެވެ.