މިދިޔަ ހަފުތާގައި މުދާ ކްލިއާ ކުރި އަދަދު ބޮޑުތަނުން އިތުރު
މިދިޔަ ހަފުތާގައި މުދާ ކްލިއާ ކުރި އަދަދު ބޮޑުތަނުން އިތުރު

މާލޭ ވިޔަފާރި ބަނދަރުން މިދިޔަ ހަފުތާގައި ކްލިއާ ކުރި މުދަލުގެ އަދަދު އޭގެ ކުރީގެ ހަފުތާއާ އަޅާ ބަލާއިރު ބޮޑު ތަނުން އިތުރުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި މާލޭ ވިޔަފާރިބަނދަރުން ޖުމްލަ 1،540 ޓީއީޔޫ ކްލިއާ ކުރި އިރު، އޭގެ ކުރީ ހަފުތާގައި ކްލިއާކުރީ 1،359 ޓީއީޔޫ އެވެ.

މިހަފުތާގައި ކްލިއާ ކުރި 1،540 ޓީއީޔޫގެ ތެރެއިން 500 ޓީއީޔޫ އަކީ 20 ފޫޓު ކޮންޓެއިނާ އެވެ. އޭގެ ތެރެއިން 540 ޓީއީޔޫއަކީ 40 ފޫޓް ކޮންޓެއިނާ އެވެ. އަނެއް 500 ޓީއީޔޫ އަކީ ޕެރިޝަބުލް ހިމެނޭ ޕެކޭޖް ތަކެވެ.

ކްލިއާކުރި 500 ޕެރިޝަބުލް ޕެކޭޖްގެ ތެރޭގައި 14،061 ކޭސް ބިހާއި 7،749 ބަސްތާ ފިޔާ އާއި 7،785 ބަސްތާ ކަރަލާއި 5،244 ކޭސް އަލުއްވާއި 5،243 ކޭސް ޓޮމާޓޯ އާއި 3،647 ކޭސް އަލަނާސި އާއި 3،518 ބަސްތާ ކެބެޖާއި 2،805 ގަނޑު ދޮންކޭލާއި 989 ބަސްތާ ބަަރަބޯ އާއި 1،144 ބަސްތާ ސްވީޓްމެލަން ހިމެނެ އެެވެ.

މިދިޔަ ހަފުތާގައި ކްލިއާ ކުރި މުދަލުގެ އަދަދު އިތުރުވި އިރު، ކާބޯތަކެތީގެ ބާވަތްތަކުގެ އަގު ބޮޑުވިޔަ ނުދޭން ސަރުކާރުން ވަނީ މޭވާއާއި ތަރުކާއީ އަދި ބިހާއި މުގު ހިމެނޭހެން 23 ބާވަތެއް، އެއީ އަސާސީ ބާވަތްތައް ކަމަށް ކަނޑައަޅައިފަ އެވެ. އެ ބާވަތްތައް އެސްޓީއޯ އިން ގިނަ އަދަދަކަށް އެތެރެކޮށް، ސަޕްލައި ދަމަހައްޓާނެ ކަމަށް އެކުންފުނިން ކުރިން ބުންޏެވެ.