ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ސޮއިކޮށްފި
ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ސޮއިކޮށްފި

މ. މުލަކުގައި ހުންނަ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން އިމާރާތެއް އިތުރުކުރުމަށާއި އެ އަތޮޅު ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.

ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ސޮއިކޮށްފި
ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ސޮއިކޮށްފި

އެ ދެ ޕްރޮޖެކްޓުގެ މަސައްކަތް ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގަ އެވެ.

ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ސޮއިކޮށްފި
ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ސޮއިކޮށްފި

މުލަކު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ މިއަދު ހެނދުނު އެޅީ އެތަނާ ޖެހިގެން އޮތް ހުސްބިމުގަ އެވެ. އާރުސީސީއާ ހަވާލުކުރި ޕްރޮޖެކްޓުގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

މުލަކުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ރޭ ވިދާޅުވީ އެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ފެއްޓެވި މަސައްކަތުގެ ސަބަބުން މި ސަރަހައްދުގެ ސިއްހީ ދާއިރާއަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެ މަޝްރޫއު ފަށާ ގޮތަށް ވަރަށް ބާރު ސްޕީޑުގައި ގޮސް ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

އެ އިމާރާތުގެ މަސައްކަތުގެ އަގަކީ 26,469,925.89 ރުފިޔާ އެވެ. އާރުޑީސީއާ މަސައްކަތް ހަވާލުކޮށްފައި ވަނީ މި އަހަރުގެ މެއި މަހު އެވެ.

ދިއްގަރުގައި ހޮސްޕިޓަލެއް އެޅުމުގެ އެއްބަސްވުން ހަވާލު ކުރީ އެމްޓީސީސީއާ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު ނާޒިމްގެ އިތުރުން އެމްޓީސިސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދިއްގަރުގައި އަޅަން ނިންމާފައި ހޮސްޕިޓަލާ އެކު މ. އަތޮޅުގެ ސިއްހީ ދާއިރާއަށް ރަނގަޅު، ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއަކީ އަސާސީ ކަންކަން ކުރިއެރުވުމަށް ރައީސް ކުރިއަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

ދިއްގަރުގެ އާ ހޮސްޕިޓަލަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 105 މިލިއަން ރުފިޔާ އެވެ.