ޕިކަޕެއް އެކްސިޑެންޓުވެ ދެ މީހަކަށް ފަރުވާދެނީ
ޕިކަޕެއް އެކްސިޑެންޓުވެ ދެ މީހަކަށް ފަރުވާދެނީ

މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް އެކްސިޑެންޓުވެ، އޭގައި ތިބި ދެ ފިރިހެނަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް ބްރިޖު އެއާޕޯޓް ލައިޓް ކައިރިން ކޮންޓްރޯލް ނުވެގެން ގޮސް، ބްރިޖު މެދުގައި ޖަހާފައިވާ ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓުވި މައުލޫމާތު ލިބުނީ ރޭ 2:42 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި ޕިކަޕު ދުއްވަން އިން ޑްރައިވަރާއި ޕިކަޕުގައި އިން ބިދޭސީ ފިރިހެނަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަޔަސް އެ މީހުންގެ ހާލު އަދި ސާފެއް ނޫނެވެ.

އެކަމަކު އެކްސިޑެންޓުގައި ޕިކަޕާއި ޑިވައިޑަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައާ ގުޅިގެން ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޕިކަޕް ވަނީ ޓޯކޮށްފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.