ނިލަންދު އަށް އިތުރު ގިނަ މަޝްރޫއުތަކެއް!
ނިލަންދު އަށް އިތުރު ގިނަ މަޝްރޫއުތަކެއް!

ފ. ނިލަންދޫގެ ތަރައްގީއަށްޓަކައި މި ސަރުކާރުން އިތުރު މަޝްރޫއުތަކެއް އިއުލާންކޮށް، އާ އެއްބަސްވުންތަކެއްގައި ރޭ ސޮއިކޮށްފި އެވެ.

ނިލަންދު އަށް އިތުރު ގިނަ މަޝްރޫއުތަކެއް!
ނިލަންދު އަށް އިތުރު ގިނަ މަޝްރޫއުތަކެއް!

އެ އެއްބަސްވުންތަކުގައި ސޮއިކުރުމާއި އިއުލާންކުރުން އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ނިލަންދޫގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

ނިލަންދު އަށް އިތުރު ގިނަ މަޝްރޫއުތަކެއް!
ނިލަންދު އަށް އިތުރު ގިނަ މަޝްރޫއުތަކެއް!

އޭގެ ތެރެއިން އެންމެ މުހިންމު މަޝްރޫއެއްގެ ގޮތުގައި ރައީސް ތަކުރާރުކޮށް ފާހަގަކުރެއްވީ ނިލަންދޫ އެއާޕޯޓުގެ މަޝްރޫއެވެ.

ނިލަންދު އަށް އިތުރު ގިނަ މަޝްރޫއުތަކެއް!
ނިލަންދު އަށް އިތުރު ގިނަ މަޝްރޫއުތަކެއް!

"އެންމެ މުހިންމު ވައުދަކީ ވެސް 1-10 އަށް އެއާޕޯޓު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނިލަންދު އަށް އިތުރު ގިނަ މަޝްރޫއުތަކެއް!
ނިލަންދު އަށް އިތުރު ގިނަ މަޝްރޫއުތަކެއް!

ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމަމުން އަންނައިރު، އެެ އެއާޕޯޓުގެ ސިވިލް މަސައްކަތްތަކާއި ތަން ހިންގުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްއާ އެކު ސަރުކާރުން ރޭ ސޮއިކުރި އެވެ.

އެ އެއްބަސްވުމާ ހަވާލާ ދެއްވަމުން ރައީސް ރޭ އިއުލާން ކުރެއްވި ގޮތުގައި، އިއްޔެ އިން ފެށިގެން 30 މަސް ދުވަސް ނުވަތަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ނިލަންދޫ އެއާޕޯޓުގެ މަސައްކަތުން އަތް ދޫކޮށްލެވޭނެ އެވެ.

- ޕާސްޕޯޓު ދޫކުރަން ފެށުން

- ފިއުލް ޝެޑެއް ހެދުމުގެ އެއްބަސްވުމުގައި އެސްޓީއޯ އާއި އިޝާން އިންވެސްޓްމަންޓާ އެކު ސޮއިކުރި

- މަގު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރި

- އެއާޕޯޓުގެ ސިވިލް މަސައްކަތްތަކާއި ހިންގުން އެެމްއޭސީއެލްއާ ހަވާލުކުރި

- މަސްދަޅު ބަންދުކުރާ ކާރުހާނާ އަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކުރި

- ވެމްކޯގެ ހިދުމަތް ފަށަން ކައުންސިލާ އެކު ސޮއިކުރި

ރައީސް ވިދާޅުވިގޮތުގައި، ނިލަންދޫގެ ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ފަށައިގަނެ، އެންމެ ގިނަވެގެން ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ އެވެ. އެއީ ދާއިމީ ހައްލަކަށް ވާނެ ނިޒާމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ފެނުގެ ނެޓްވޯކްގައި މިހާރު ގޮސްފައިވާ ހިސާބުން ދެން ހުރީ ކަނެކްޝަންސްތަކާއި އަދި ބައެއް ޕްލާންޓު ބެހެއްޓުމާއި މި ކަހަލަ ކަންތައްތަައް. އެ ކަންކަން އެބަ ހިނގާ. ގާތްގަނޑަކަށް 90 އިން ސައްތަ މަސައްކަތް ނިމިފައި މިހާރު އޮތީ. އެހެންވީމާ އަޅުގަނޑުމެން އަންދާޒާ ކުރަނީ ދެ މަހެއްހާ ދުވަހޭ އެންމެ ގިނަ ވިޔަސް ވާނީ. ކޮންމެ ގޮތެއްގައި ވިޔަސް މި އަހަރުގެ ތެރޭގައި ހަމަ ޔަގީނުން ވެސް އިރާދަކުރެއްވިއްޔާ ނިމޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

- ނިލަންދޫގައި ރަނގަޅު ފެންވަރުގެ އިސްލާމީ މަރުކަޒެއް އަޅާނެ

- ނިލަންދުއަކީ އާބަން ސެންޓަރަކަށް ވާތީ ކުޅިވަރުގެ މަރުކަޒެއް ނުވަތަ ސްޕޯޓްސް ކޮމްޕްލެކްސްއެއް ހަދާނެ. އަންނަ އަހަރުގެ ކުރީކޮޅު އެ މަޝްރޫއު ފަށާނެ ކަމަށް ރައީސް އިއުލާން ކުރެއްވި.

ރައީސް ވިދާޅުވި ގޮތުގައި ނިލަންދޫ ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ހިދުމަތް ފަށަން ތައްޔާރުވެފައިވީ ނަމަވެސް އެކަން ލަސްވީ ވެސް އެ ރަށުގައި ފެންވަރު ރަނގަޅު ފެނުގެ ނިޒާމެއް ނެތުމުންނެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ، ނިލަންދޫގައި ދަޅުމަސް ބަންދުކުރުމަށްޓަކައި ބޭރުގެ ބަޔަކާ އެކު ސޮއިކޮށްފައިވާއިރު އެ ކަމަށް އެންމެ ބޮޑަށް ބޭނުންވާ ބިމާއި ބަނދަރު ހެދުން އެމްޓީސީސީއާ ހަވާލުކުރީ ސަރުކާރުގެ ހަރަދުގައި ކުރާ ގޮތަށް ކަމަށެވެ.

"މިވެސް ވަރަށް ކާމިޔާބު މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ދާނެ. އެއީ މި ފެކްޓަރީ އެޅުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު މަސައްކަތް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮންމެ އަތޮޅެއްގެ ކޮންމެވެސް އެއް ރަށެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން ނިލަންދޫގައި ވެސް އެކަން ކުރަން ނިންމައި ފިއުލްސް ކިޓްގެ މަސައްކަތް ރޭ ހަވާކުރި ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ދެން އެ މަނިކުފާނު ވިދާޅުވީ، ނިލަންދޫގައި ރަނގަޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނަކާއި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ މަސައްކަތެވެ. އެ ދެ މަޝްރޫއު ރަސްމީކޮށް ފަށާނީ މިއަދުގެ ވަގުތެއްގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ނިލަންދޫގައި 200 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާއިރު އެ ކަމަށް އަދިވެސް މަސައްކަތައް ކުރައްވާ ކަމަށެވެ. އެކަމަކު، ތަފުސީލެއް އަދި ނުދެއްވަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ނިލަންދޫގައި ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވަރަށް ބޮޑަށް ތަރުތީބު ކޮށްގެންނެވެ. އެ އިން ކޮންމެ މަސައްކަތަކަށް ވެސް ސަރުކާރުން އިސްކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވައުދުވީ އާބަން ސެންޓަރެއްގެ ހަގީގީ ކުލަ މިއިން ކޮންމެ މަޝްރޫއެއް ނިންމައިދީ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޖައްސައިދޭނަމޭ. އެ ޔަގީންކަން އަޅުގަނޑު އަނެއްކާ ވެސް ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވި އެވެ.