މިހާތަނަށް ދެ ވަނަ ބުރުގައި 86 ކައުންސިލާ ބައްދަލުކޮށްފިން: ރައީސް
މިހާތަނަށް ދެ ވަނަ ބުރުގައި 86 ކައުންސިލާ ބައްދަލުކޮށްފިން: ރައީސް

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާރު ކުރިއަށް ގެންދާ ދެ ވަނަ ބުރުގައި 86 ކައުންސިލާ ބައްދަލުކުރައްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިހާތަނަށް ދެ ވަނަ ބުރުގައި 86 ކައުންސިލާ ބައްދަލުކޮށްފިން: ރައީސް
މިހާތަނަށް ދެ ވަނަ ބުރުގައި 86 ކައުންސިލާ ބައްދަލުކޮށްފިން: ރައީސް

ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިލަންދޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ވަނަ ފަހަރަށް ބައްދަލުކުރައްވާ 86 ކައުންސިލްގެ އަދަދު ހަމަވީ ނިލަންދޫގެ ކައުންސިލާ އެކު މިރޭ ބޭއްވި ބައްދަލުވުމާ އެކު ކަމަށެވެ.

މިހާތަނަށް ދެ ވަނަ ބުރުގައި 86 ކައުންސިލާ ބައްދަލުކޮށްފިން: ރައީސް
މިހާތަނަށް ދެ ވަނަ ބުރުގައި 86 ކައުންސިލާ ބައްދަލުކޮށްފިން: ރައީސް

"ދޮޅު އަހަރު، ދެ އަހަރު ވެގެން ދާއިރު އަޅުގަނޑުމެން މި ގެންގުޅެނީ އަމަލީ ގޮތުން ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުން. އަޅުގަނޑުމެން މި އަންނަނީ ކައުންސިލްތައް ގާތަށް، ރައްޔިތުން ގާތަށް. މާލެއަކަށް ކައުންސިލެއް ނުގެންދަން. އަމިއްލަފުޅަށް ކައުންސިލްތަކުން މާލެ ވަޑައިގެންފާނެ. އެއީ އެ ބޭފުޅުންގެ އިހުތިޔާރުގައި އޮތް ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަކޮޅު ނުވަތަ މެދުތެރެއަށް ދާއިރު ރާއްޖޭގެ ހުރިހާ ކައުންސިލަކާ އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ހުރިހާ ކޮމިޓީއަކާ އެ މަނިކުފާނު ބައްދަލުކުރައްވައި ނިމޭނެ އެވެ.

"އަދި ވަރަށް ތަފުސީލްކޮށް މިއިން ކޮންމެ ބައްދަލުވުމެއްގައި ރައްޔިތުން ބޭނުންވާ ކަންކަމަށް އެބަ މަޝްވަރާ ކުރެވޭ ހުރިހާ މުއައްސަސާތަކާ އެކު. އަމަލީ ގޮތުން ލާމަރުކަޒީކޮށް ގައުމު ހިންގުން އަޅުގަނޑުމެން ތަންފީޒު މި ކުރަނީ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ފުރިހަމަ އަށް ގަބޫލުކުރާ ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ. އަޅުގަނޑު އެ ނިޒާމުގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތްކުރި ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ. އެ ނިޒާމުގެ ފުރިހަމަކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމަލީ ގޮތުން މަސައްކަތް ކޮށްދީފައި ހުރި މީހެއް."

ރައީސް މުއިއްޒު ވިދާޅުވީ، އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް އެންމެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކަށް އެ މަނިކުފާނު ޒިޔާރަތް ކުރައްވައި ނިމޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު މި ސަރުކާރުން ކުރިއަރުވަމުން އަންނައިރު އެންމެ އިސްކަންދޭ އެއް ބަޔަކީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތައް ކަމަށެވެ. އެހެންވެ، އެ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދިނުން ފަދަ ކަންކަން ގާނޫނީ ނިޒާމުގެ ތެރެއިން ފަހިކޮށްދީފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ ކުރިން ވެސް ކުރެވެން ހުރި ކަންތައްތައް ކަމަކު ނުކޮށް ދޫކޮށްލާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަންހެނުން ބާރުވެރި ކުރުމަކީ އަޅުގަނޑުގެ ވަރަށް މުހިންމު ސިޔާސަތެއް. މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް އަމަލީ ގޮތުން ތަންފީޒު ކުރާ ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދެނީ ކައުންސިލްގެ ބަޖެޓުގެ ފަސް ޕަސެންޓު ކަމަށް ވިޔަސް އަންނަ އަހަރުގެ ބަޖެޓުގައި އެ އަދަދު ދެ ގުނަ ކުރާނެ ކަމަށެވެ. އަދި އޭގެ ފަހުން ހުރިހާ އަހަރުތަކެއްގައި ވެސް އެކަން ހިނގާނީ އެ ގޮތަށް ކަމަށް ވިދާޅުވި އެވެ.