ވިލާ ކޮލެޖުން 1،488 ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 1،488 ދަރިވަރުން ދަސްވެނިވެއްޖެ

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން 1،488 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

ވިލާ ކޮލެޖުން 1،488 ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 1،488 ދަރިވަރުން ދަސްވެނިވެއްޖެ

ވިލާ ކޮލެޖުގެ މި އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވީ މި މަހުގެ 17 އަދި 18 ވަނަ ދުވަހު ހަ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

ވިލާ ކޮލެޖުން 1،488 ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 1،488 ދަރިވަރުން ދަސްވެނިވެއްޖެ

އެ ރަސްމިއްޔާތުގައި، އެ ކޮލެޖުން ހިންގާ 54 ޕްރޮގުރާމަކުން ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. މި އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުން 843 ދަރިވަރުންނާއި ވިލާ ކޮލެޖުން ހިންގާ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (ޔޫޑަބްލިޔުއީ) ޕްރޮގްރާމްތަކުން 645 ދަރިވަރުން ދަސްވެނިވި އެވެ.

މިއަހަރު ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން 70 ޕަސެންޓަކީ އަންހެން ދަރިވަރުންނެވެ. އަދި 30 ޕަސެންޓަކީ ފިރިހެން ދަރިވަރުންނެވެ.

އެ ރަސްމިއްޔާތުގައި ރާއްޖޭގެ އެންމެ ފުރަތަމަ އިންޖިނިއަރިން ޑިގްރީ ޕްރޮގްރާމްތައް ކަމަށްވާ ބެޗްލާ އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން، ބެޗްލާ އޮފް މެކޭނިކަލް އިންޖިނިއަރިން އަދި ބެޗްލާ އޮފް މެކަޓްރޯނިކްސް އިންޖިނިއަރިން ގެ ފުރަތަމަ ބެޗްގެ ދަރިވަރުން ވެސް ވަނީ ދަސްވެނިވެފަ އެވެ. އޭގެ އިތުރުން ރާއްޖޭގެ އެންމެ ފުރަތަމަ މާސްޓާ އޮފް ކައުންސެލިން، ބެޗްލާ އޮފް އޭވިއޭޝަން މެނޭޖްމަންޓް، އަދި ބެޗްލާ އޮފް އާޓްސް އިން އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން ޕްރޮގްރާމްގެ ފުރަތަމް ބެޗްގެ ދަރިވަރުން ވެސް އެ ރަސްމިއްޔާތުގައި ވަނީ ދަސްވެނިވެފަ އެވެ.

ވިލާ ކޮލެޖުން ދަސްވެނިވުމަށް ބޭއްވި ހަފްލާތަކުގެ އެކި ދަންފަޅިތަކުގައި ޝަރަފްވެރި މެހްމާނުން ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އެ ރަސްމިއްޔާތުގައި އޭނާ ވަނީ ވިލާ ކޮލެޖުގެ ރެކްޓާ، ޑރ. އަހުމަދު އަންވަރަށް ތައުރީފްކުރައްވައި އޭނާ އަކީ ރާއްޖޭގެ ރައްޔިތުންނަށް ތައުލީމު ފޯރުކޮށްދެއްވުމުގައި މަސައްކަތްކުރައްވާފައިވާ ތައުލީމީ މާހިރެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

އެ ރަސްމިއްޔާތުގެ ދެވަނަ ދަންފަޅީގެ ޝަރަފްވެރި މެހެމާނަކަށް ވަޑައިގަތީ ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ. އެ ރަސްމިއްޔަތުގައި އޭނާ ވަނީ ވިލާ ކޮލެޖަކީ ތަސައްވުރެއް ކަމަށާއި، އެ ތަސައްވުރުގައި ކުލަޖެހި ހަގީގަތަކަށް ވާތަން ފެނުމަކީ އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ތިން ވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ. އޭނާ ވަނީ ވިލާ ކޮލެޖަކީ މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ ތެރެއިން އެ ކޮލެޖަކީ ތާރީހު ލިޔާ މުހިންމު މަރުކަޒެއް ކަމަށް ވިދާޅުވެފަ އެވެ.

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ދެ ވަނަ ދުވަސް ހާއްސަކޮށްފައި ވަނީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑުގެ ޕްރޮގުރާމްތަކަށެވެ. ޔޫޑަބްލިއުއީގެ ދަރިވަރުންގެ ދަންފަޅީގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސާ ސްޓީވަން ވެސްޓް ބައިވެރިވެވަޑައިގަތެވެ.

ޔޫޑަބްލިއުއީގެ ވައިސް ޗާންސެލާ، ޕްރޮފެސާ ޓީވަން ވެސްޓް ވިދާޅުވީ ވިލަ ކޮލެޖުން ދަސްވެނިވި ދަރިވަރުންނަކީ ދުނިޔޭގެ 174 ގައުމަކުން ތައުލީމު ހާސިލްކުރި 300,000 އަށް ވުރެ ގިނަ ދަރިވަރުން ހިމެނޭ ޔޫޑަބްލިއުއީ ބްރިސްޓޮލްގެ ދަސްވެނިންގެ ބައިނަލްއަގުވާމީ ވިއުގައާ ގުޅިގެން ދިޔަ ދަރިވަރުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޔުނިވާސިޓީން ވިލާ ކޮލެޖާއެކު އޮތް ހަރުދަނާ ގުޅުމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގެ ތައުލީމެއް ރާއްޖޭގައި ހުރެގެން ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓަ ޑރ. އަހުމަދު އަންވަރު، ވިދާޅުވީ ތައުލީމާއި އެކު މުހިންމު ޒިންމާތައް އިތުރުވާނެ ކަމަށެވެ. އެގޮތުން އިލްމު ލިބިފައިވާ މިންވަރު އިތުރުވާ ވަރަކަށް، މުޖުތަމައު އިސްލާހުކުރުމަށް ކުރަންޖެހޭ މަސައްކަތް ވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

އަދި މިހާރު ދަސްވެނިންނަށް މުޖުތަމައުގެ ހެވާއި ލާބައަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިފައިވާކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދަސްވެނިވާ ދަރިވަރުންގެ އަދަދު 10 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

ވިލާ ކޮލެޖަކީ މަޝްހޫރު އެކި ޔުނިވާސިޓީތަކާއި އަމިއްލަ ކޯސްތައް ހިންގާ ކޮލެޖެކެވެ.