ޓްރަމްޕް ވިދާޅުވަނީ އޭނާއާ ދެކޮޅު މީޑިއާ ކަވަރޭޖް "ޣައިރު ގާނޫނީ" ކަމަށް
ޓްރަމްޕް ވިދާޅުވަނީ އޭނާއާ ދެކޮޅު މީޑިއާ ކަވަރޭޖް "ޣައިރު ގާނޫނީ" ކަމަށް

އެމެރިކާގެ މީޑިއާގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ނެގެޓިވްކޮށް އަންނަ މީޑިއާ ކަވަރޭޖް ގާނޫނާ ހިލާފްވާނެ ކަމަށް ޓްރަމްޕު ވިދާޅުވުމާ އެކު މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ މެދު ބޮޑު ބަހުސެއް ފެށިއްޖެ އެވެ.

ޓްރަމްޕް މި މައުޟޫގައި ވާހަކަ ދެއްކެވުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ގޮތުން ބަހުސް ފެށުނީ ޓްރަމްޕުގެ އެކުވެރި ކަނާތުފިޔައިގެ އެކްޓިވިސްޓް ޗާލީ ކާކް މަރާލި ހާދިސާއާ ގުޅުވައި ކޮމީޑިއަން ޖިމީ ކިމެލް އޭބީސީ ޓީވީގެ ޝޯގައި ދެއްކި ވާހަކައަކާ ގުޅިގެން އޭނާ ސަސްޕެންޑްކުރުމާ އެކުގަ އެވެ.

"ވަރަށް ރަނގަޅު ވާހަކައެއް އެ މީހުން ވަރަށް ގޯސްކޮށް ގެނެސްފާނެ. އަޅުގަނޑު. އަމިއްލަ ހައިސިއްޔަތުން ދެކޭ ގޮތުގައި އެއީ ޣައިރު ގާނޫނީ އަމަލެއް،" އެކި މީޑިއާ އައުޓްލެޓްތަކާ ދެކޮޅަށް އެތައް ދައުވާއެއް ކުރައްވާފައިވާ ޓްރަމްޕު ހުކުރު ދުވަހު އޯވަލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ވަރަށް ގިނައިން ޓީވީ ބައްލަވާ، އުމުރުން 79 އަހަރުގެ ޓްރަމްޕް ވިދާޅުވާ ގޮތުގައި އޭނާ އާއި އޭނާގެ ސަރުކާރުގެ ކަވަރޭޖުގެ 97 ޕަސެންޓް ނެގެޓިވް އެވެ.

ޓްރަމްޕު ވަނީ ބްރޯޑްކާސްޓަރުންނަށް ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) ގެ ވެރިޔާ ބްރެންޑަން ކާރް އިންޒާރު ދެއްވުމުން މީޑިއާ އަދި ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީ ތެރޭގައި ނުތަނަވަސްކަން އުފެދިފައި އޮތަސް އޭނާގެ ދިފާއުގައި ވެސް ވާހަކަ ދައްކަވައިފަ އެވެ.

އޭބީސީ އިން ޖިމީ ކިމެލް ސަސްޕެންޑުކޮށް އޭނާގެ ލޭޓް ނައިޓް ޝޯ ވެސް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރީ ބްރޯޑްކާސްޓަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ކާރް ދެއްވި އިންޒާރުގެ ފަހުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ ޓެކްސަސްގެ ސެނެޓަރު ޓެޑް ކްރޫޒް މި މައްސަލައިގައި ވަނީ ކަންބޮޑުުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރަކުން އެ ސަރުކާރެއް ރުހޭ އަދި ނުރުހޭ ވާހަކަ ކަނޑައަޅަން ދިމާކުރުމަކީ ނުރައްކާ ކަމަކަށް ވާނެ ކަމަށެވެ.

އެމެރިކާގެ މީޑިއާއާ ވަރަށް ބޮޑަށް ދެކޮޅަށް ވާހަކަ ދައްކަވާ ޓްރަމްޕު އެންމެ ފަހުން ނިއު ޔޯކް ޓައިމްސްއާ ދެކޮޅަށް އެންމެ ފަހުން ކުރެއްވި، 15 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ ވަނީ ކޯޓުން ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ ބޭރުކޮށްލީ ޕްރޮފެޝަނަލްކޮށް އަދި އަދަބު އިހުތިރާމާ އެކު ދައުވާ އަލުން ހުށަހެޅުމަށް 28 ދުވަހުގެ މުއްދަތެއް ދީފަ އެވެ. -- އޭއެފްޕީ