ދާދުގެ ހަތަރު ލަނޑުން ޗެމްޕިއަން މާޒިޔާއިން ލީގު ފެށީ ގަދަކޮށް
ދާދުގެ ހަތަރު ލަނޑުން ޗެމްޕިއަން މާޒިޔާއިން ލީގު ފެށީ ގަދަކޮށް

ނާއިޒު ހަސަން (ދާދު) ޖެހި ހަތަރު ގޯލާ އެކު އީގަލްސްގެ މައްޗަށް 5-1 ން ކުރި ހޯދއި، ދިވެހި ޕްރިމިއާ ލީގު ބޮޑު މޮޅަކާ އެކު ޗެމްޕިއަން މާޒިޔާއިން ފަށައިފި އެވެ.

ދާދުގެ ހަތަރު ލަނޑުން ޗެމްޕިއަން މާޒިޔާއިން ލީގު ފެށީ ގަދަކޮށް
ދާދުގެ ހަތަރު ލަނޑުން ޗެމްޕިއަން މާޒިޔާއިން ލީގު ފެށީ ގަދަކޮށް

ދޮޅު އަހަރަށް ފަހު އެނބުރި ބާއްވާ ލީގުގެ ފުރަތަމަ މެޗަށް މާޒިޔާއިން ނުކުތީ މިދިޔަ ހޯމަ ދުވަހު އީގަލްސް ބަލިކޮށް ހޯދި ޗެރިޓީ ޝީލްޑްގެ މޮޅާ އެކު އެވެ.

ދާދުގެ ހަތަރު ލަނޑުން ޗެމްޕިއަން މާޒިޔާއިން ލީގު ފެށީ ގަދަކޮށް
ދާދުގެ ހަތަރު ލަނޑުން ޗެމްޕިއަން މާޒިޔާއިން ލީގު ފެށީ ގަދަކޮށް

އެ މެޗަށް ވުރެ، މާޒިޔާގެ ކުޅުން މިރޭގެ މެޗުގައި ތަފާތެވެ. މުޅި ގޭމްހެން އެ ޓީމުން ކޮންޓްރޯލް ކުރި އެވެ.

ފުރަތަމަ ހާފު މާޒިޔާއިން ނިންމާލީ ތިން ލަނޑުގެ ލީޑަކުންނެވެ.

އެ ޓީމުގެ ފުރަތަމަ ލަނޑު ނާއިޒު ހަސަން (ދާދު) ޖެހީ ހަސަން ނަޒީމު (ޗޯޓު) އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

މާޒިޔާގެ ދެވަނަ ލަނޑަކީ އީގަލްސްގެ ޑިފެންޑަރު ހުމައިދު ހަސަން ދިފާއު ކުރަން ފޮނުވާލި ބޯޅަ މާޒިޔާގެ ކުޅުންތެރިޔެއްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މާޒިޔާގެ ތިންވަނަ ލަނޑު ދާދު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) ނަގައިދިން ބޯޅައިންނެވެ.

މާޒިޔާގެ ތިން ލަނޑަށް ފަހު އެ ޓީމުން ހަމަޖެހިލި އެވެ. އީގަލްސްގެ ލަނޑު އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ޖެހީ މާޒިޔާގެ ޑިފެންސުން ފަސޭހަކޮށްލައިގެން ތިބި ވަގުތެއްގަ އެވެ.

ބައިކޮޅަށް އެ ލަނޑު ވަނުމުން މާޒިޔާއިން އަލުން ޓީމު އަތުރާލައި ކޮންޓްރޯލް ދެމެހެއްޓި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ދާދު ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އެ ހާފުގެ އެންމެ ފަހު ވަގުތު ހަމްޒާ ނަގައިދިން ބޯޅައިންނެވެ.

މާޒިޔާގެ ފަސްވަނަ ލަނޑު ދެވަނަ ހާފުގައި ޖެހީ ދާދު އެވެ. އޭނާ އެ ބޯޅަ ޖެހި ހިތްގައިމު ކޮށް ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.