އުރީދޫ ކްލަބް ޕްރިިމިއާ މެމްބަރުންނަށް ނަސަންދުރާއިން ޑިސްކައުންޓް
އުރީދޫ ކްލަބް ޕްރިިމިއާ މެމްބަރުންނަށް ނަސަންދުރާއިން ޑިސްކައުންޓް

އުރީދޫގެ ކްލަބް ޕްރިމިއާގެ ޕާޓްނަރަކަށް ބާސެލޯ ނަސަންދުރާއިން ސޮއިކޮށްފި އެވެ.

އުރީދޫ ކްލަބް ޕްރިިމިއާ މެމްބަރުންނަށް ނަސަންދުރާއިން ޑިސްކައުންޓް
އުރީދޫ ކްލަބް ޕްރިިމިއާ މެމްބަރުންނަށް ނަސަންދުރާއިން ޑިސްކައުންޓް

މި ޕާޓްނާޝިޕުގެ ދަށުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ނަސަންދުރާގައި އިވެންޓުތައް ބޭއްވުމަށް ހާއްސަ އޮފާތަކެއް ލިބޭނެ އެވެ. އަދި ނަސަންދުރާގައި ހުންނަ އަލިމަސް ކެފޭ އެންޑް ލައުންޖް، ބީ-ހެވަން އަދި އޮއިވަރު ރެސްޓޯރަންޓުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ރަނގަޅު އޮފާތައް ގެނެސްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ބާސެލޯ ނަސަންދުރާގައި ހުރި އެކި އައުޓްލެޓްތަކުން ރަނގަޅު އޮފާތަކެއް ލިބޭނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ބާސެލޯ ނަސަންދުރާގެ މާލޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އެންރިކް ރެއިނާ ވިދާޅުވީ އެ ޕާޓްނާޝިޕްގެ ދަށުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ނަސަންދުރާގެ ހިދުމަތްތައް ހެޔޮ އަގުތަކެއްގައި ފޯރުކޮށްދެވުމަކީ އެ ހޮޓެލްއަށް ލިބޭ އުފަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އަދި އެއީ އިތުރު ކަސްޓަމަރުންތަކަކަށް އެ ހޮޓެލްގެ އައުޓްލެޓްތައް ތަޖުރިބާކުރަން ލިބޭނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

އޫރީދޫ ކްލަބް ޕްރިމިއާ އަކީ އުރީދޫގެ ބޮޑެތި ޕެކޭޖުތައް ގެންގުޅޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދޭ ހާއްސަ މެމްބަޝިޕެކެވެ. އެ މެމްބަޝިޕްގެ ދަށުން އެކި އޮފާތަކާއި ޑިސްކައުންޓުތައް ކަސްޓަމަރުންނަށް ލިބެ އެވެ.