ތަޖުރިބާކާރު ވިޓްރޯރެޓިނަލް އަދި ކެޓަރެކްޓް ސާޖަން ޑރ. އަމޯގް އައިކެއާ ހޮސްޕިޓަލަށް!
ތަޖުރިބާކާރު ވިޓްރޯރެޓިނަލް އަދި ކެޓަރެކްޓް ސާޖަން ޑރ. އަމޯގް އައިކެއާ ހޮސްޕިޓަލަށް!

ކެޓެރެކްޓް އާއި ވިޓްރޯރެޓިނަލްގެ ހާއްސަ ސާޖަން ޑރ. އަމޯގް ދިލީޕް އަސްގައުންކަރު އައިކެއާ ހޮސްޕިޓަލްގެ ހިދުމަތާ ގުޅިއްޖެ އެވެ.

ޑރ. އަމޯގް އަކީ އައިކެއާގެ ދެވަނަ ވިޓްރޯރެޓިނަލް ސާޖަން އެވެ. އެ ހޮސްޕިޓަލުން ބުނީ އަލަށް ގުޅުނު ސާޖަންއާ އެކު އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުން އަވަސްވެ، ޕްރޮސީޖާތައް ހެދުމަށް ހޭދަވާ ވަގުތު މަދުވާނެ ކަމަށެވެ. އަދި އެއީ ޕްރޮސީޖާއެއް ހެދުމަށް ދެވަނަ ފަރާތެއްގެ އޮޕީނިއަންއެއް ބޭނުންވާ ފަރާތްތަކަށް އެ ހޮސްޕިޓަލުގެ ޓީމުން އެ ފުރުސަތު ހޯދުމަށް ތަނަވަސްވި މަގެއް ކަމަށް އައިކެއާއިން ބުންޏެވެ.

ޑރ. އަމޯގް އަކީ ލޮލުގެ ފަރުވާގައި ނުވަ އަހަރުގެ ތަޖުރިބާ ހުރި ޑޮކްޓަރެކެވެ. އޭނާގެ ސްޕެޝަލްޓީޒް ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

- ކެޓެރެކްޓް ސާޖަރީ (އެސްއައިސީއެސް އެންޑް ފެކޯއިމަލްސިފިކޭޝަން): މިއީ ފެނުން ފުސްވުމުން، ސާފުކޮށް ފެންނާނެހެން ލޮލުގެ ފެނުން އަނބުރާ ގެނައުމަށް ހަދާ ޕްރޮސީޖާއެއް.

- ރެޓިނޯޕަތީ އޮފް ޕްރިމެޗުރިޓީ (އާރުއޯޕީ) ސްކްރީނިން: މިއީ ދުވަސްނުފުރާ ވިހާ ކުދިންގެ ލޮލުގެ ފެނުން ރަނގަޅުތޯ ބެލުމަށް ހަދާ ސްކްރީނިންއެއް.

ރެޓީނާ ލޭޒާސް: މިއީ ޑައިބެޓިކް ރެޓިނޯޕަތީ ފަދަ ލޮލުގެ މައްސަލަތަކަށް ދޭ އެޑްވާންސްޑް ޓްރީޓްމަންޓެއެއް.

- އިންޓްރާވައިޓްރިއަލް އެންޓި ވީއީޖީއެފް އިންޖެކްޝަންސް: މިއީ މަކިއުލާ ޑީޖެނެރޭޝަން އާއި ރެޓީނާ ވެއިން މައްސަލަތަކަށް ދޭ ފަރުވާއެއް.

އައިކެއާއިން ބުނީ ޑރ. އަމޯގްއާއެކު އެ ހޮސްޕިޓަލުން އެންމެ ފުރިހަމައަށް ލޮލުގެ ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި މިއީ އެންމެ ފަހުގެ ފެސިލިޓީތަކާ އެކު ދެ ވިޓްރޯރެޓިނަލް ސްޕެޝަލިސްޓުންނާއި އެކު ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކެއް ރާއްޖެއިން ހޯދުމަށް ފަހިވި މަގެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެ ހޮސްޕިޓަލުން ބުނީ ރޫޓިން ސްކްރީނިންތަކުން ފެށިގެން ލޮލުގެ ބޮޑެތި ސާޖަރީތަކާ ހަމައަށް ބޭނުންވާ ފަރުވާ އެ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ.

ޑރ. އަމޯގްއަށް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ހޮސްޕިޓަލުން މިހާރު އެޕޮއިންޓްމަންޓު ހެއްދޭނެ އެވެ.