ކުޅުދުއްފުށީގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ހުޅުވައިފި
ކުޅުދުއްފުށީގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ހުޅުވައިފި

ހދ. ކުޅުދުއްފުށީގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވައިފި އެވެ.

ކުޅުދުއްފުށީގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ހުޅުވައިފި
ކުޅުދުއްފުށީގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ހުޅުވައިފި

އެތަން ހުޅުވާފައިވަނީ މޯލްޑިވްސް އޯތެންޓިކް ކްރާފްސް ކޯޕަރޭޓިވް ސޮސައިޓީ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ ކުނި މެނޭޖް ކުރުމާއި ޕްލާސްޓިކް މަދުކުރުމުގެ ޕްރޮޖެކްޓްގެ ދަށުންނެވެ.

ކުޅުދުއްފުށީ ކުނި ކޮށީގައި އެ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރްމެންޓް ޕްރޮގްރާމް (ސަކެޕް) ގެ ޑިރެކްޓާ ޖެނަރަލް ނޯބޫ ވަންޗަކް އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ އެ ފެސިލިޓީ ހުޅުވުމުގެ ބޭނުމަކީ އެލްމިނިއަމް ދަޅާއި ހަރު މައުދަންތައް ރީސައިކަލް ކުރުމާއި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާ ކުރުމުން ކަމަށެވެ.

އެތަނުގައި ކުނި ބޭލްކުރުމަށް ދެ ބޭލިން މެޝިނާއި ހަތަރު ރަށު ޕިކަޕާއި ހައިޑްރޯލިކް ޕެލެޓް ސްޓެކާ އާއި ހައިޑްރޯލިކް ޕެލެޓް ޓްރަކް ފަދަ އިކުއިޕްމަންޓާއި މުވައްޒަފުންނަށް މަސައްކަތުގައި ބޭނުންވާ ސަލާމަތީ އިކުއިޕްމަންޓް ފޯރުކޮށްދީފައިވާ ކަމަށް އެ ސިޓީ ކައުންސިލުން ބުންޏެެވެ.

އެ ފެސިލިޓީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވެމްކޯގެ މުވައްޒަފުން ވެސް ތަމްރީނުކޮށްފައިވެ އެވެ.