އެއާޕޯޓްގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރު
އެއާޕޯޓްގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

އެއާޕޯޓްގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރު
އެއާޕޯޓްގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރު

ފުލުހުން ބުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރަފިގުލް އިސްލާމް އިއްޔެ ހައްޔަރުކުރީ އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ.

ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސް ކުރިއިރު، 68،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 1700 އަށް ވުރެ ގިނަ ޑޮލަރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލި ބެލުމުން އޭނާ އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން ޔަގީން ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.

އިމިގްރޭޝަނުން އެންމެ ފަހުން ބުނެފައިވަނީ މިހާތަނަށް ގަވާއިދާ ހިލާފަށް އުޅުނު 8،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަސާޖް ޕާލާތަކުގައި މަސައްކަތްކުރާ ބިދޭސީންނާއި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނާއި އެކި މަސައްކަތްތަކުގައި ގަވައިދާ ހިލާފަށް އުޅޭ މީހުން ހިމެނެ އެވެ.

ޑީޕޯޓްކޮށްފައިވާ ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅުނު ބިދޭސީންނާއި އެކިއެކި ކުށްތަކަށް އަރައިގަތް ވެސް ބިދޭސީން ހިމެނެ އެވެ. އެގޮތުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލުވި ބިދޭސީން ވެސް ޑީޕޯޓް ކޮށްފައިވެ އެވެ.