ނޫސްވެރިންގެ ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް މަޖިލިހުން ފާސްކޮށްފި
ނޫސްވެރިންގެ ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް މަޖިލިހުން ފާސްކޮށްފި

މީޑިއާ ބިލް މަޖިލީހުން ދެންމެ ފާސްކޮށްފި. ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ ވޯޓުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެއް

ނޫސްވެރިންގެ ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް މަޖިލިހުން ފާސްކޮށްފި
ނޫސްވެރިންގެ ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް މަޖިލިހުން ފާސްކޮށްފި

މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް ބުނާ ބުނުމަކީ ހަގީގަތާ ހިލާފް ވާހަކައެއް ކަމަށް

ނޫސްވެރިންގެ ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް މަޖިލިހުން ފާސްކޮށްފި
ނޫސްވެރިންގެ ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް މަޖިލިހުން ފާސްކޮށްފި

މީޑިއާ ބިލަށް ވޯޓަށް އަހަން ތައްޔާރުވެއްޖެ

ނޫސްވެރިންގެ ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް މަޖިލިހުން ފާސްކޮށްފި
ނޫސްވެރިންގެ ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް މަޖިލިހުން ފާސްކޮށްފި

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ ބިލް ފާސްކުރަނީ ކޮމެޓީ މަރުހަލާގައި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްގެން ކަމަށް

ނޫސްވެރިންގެ ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް މަޖިލިހުން ފާސްކޮށްފި
ނޫސްވެރިންގެ ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް މަޖިލިހުން ފާސްކޮށްފި

ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވީ ކޮމެޓީގެ ރިޕޯޓް މަޖިލިސް މެމްބަރުންނަށް ލިބުނީ 5:15 ގައި ކަމަށާއި އެ ރިޕޯޓް ބެލުމަށް މެމްބަރުންނަށް ލިބުނީ 15 މިނެޓްގެ ވަގުތުކޮޅެއް ކަމަށް

ނަމާދު ވަގުތަށްފަހު މަޖިލީހުގެ ޖަލްސާ އަލުން ފަށައިފި. މިހާރު ވާހަކަ ދައްކަވަނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް

މަޣްރިބް ނަމާދު ވަގުތަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފި. ދެން ޖަލްސާ ފެށޭނީ 6:20 ގައި

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) ގެ ނަން އިއްވައިފި

މަޖިލިހުގެ ކައުންސެލް ޖެނެރަލް ފިލްޒާއާ ހަވާލާ ދެއްވައި އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު ވިދާޅުވީ، މީޑިއާ ބިލް ތައްޔާރު ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށް. އަދި ގާނޫނުތަކާ ތައާރަޒުވާ ކަމެއް ނެތް ކަމަށް ވިދާޅުވި.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރުގެ ނަން އިއްވައިފި

ގަލޮޅު އުތުރު ދާއިރާގެ މެމްމަބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގެ ނަން އިއްވައިފި

ކޮމިޓީގެ ރިޕޯޓަށް މެމްބަރުން ބަހުސް ފަށައިފި. ބަހުސަށް ރިޔާސަތުން ނާޒިމް ކަނޑައެޅުއްވީ އެއް ގަޑިއިރު.

މައިކް ސިސްޓަމްގެ މައްސަލައެއް އުޅޭތީ މި ވަގުތު ޖަލްސާ އޮތީ ހުއްޓިފައި.

ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ޑރ. ޝަމްހީދުގެ ނަން ވެސް އިއްވައިފި

ކެޔޮދޫ ދާއިރާގެ މެމްބަރު ނިއުޝާދުގެ ނަން ވެސް އިއްވައިފި

މީޑިއާ ބިލްގެ ބަހުސަށް ރިޔާސަތުން ފުރުސަތު ހުޅުވާލައިފި

ރިޕޯޓު ހުށަހަޅުއްވަމުން ގެންދެވިއިރު، އިިދިކޮޅު އެމްޑީޕީގެ މެމްބަރުން ގެންދެވީ ރިޒާގެ ވަށައިގެން ތިއްބަވައިގެން އަޑު އުފުލަމުން.

ކޮމިޓީ ރިޕޯޓް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ހުސައިން ރިޔާޒް މިހާރު ގެންދަވަނީ ހުށަހަޅުއްވަމުން.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ނަން އިއްވަވައިފި

ޖަލްސާ ފެށުމާ އެކު، އެމްޑީޕީގެ މެމްބަރުން ވަނީ ރިޔާސަތުގެ ކުރިމަތީގައި އަޑު އުފުލަން ފަށާފައި. މަޖިލިހުގެ ރިޔާސަތުން ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ނަސޭހަތް ދެއްވުމުން ވެސް އެ އަށް އަމަލު ނުކުރައްވާ މެމްބަރުންގެ ނަން އިއްވަން ފައްޓަވާފައި. ފުރަތަމަ އިއްވެވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ނަން.

މީޑިއާ ބިލް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ދެންމެ ފަށައިފި.

މީޑިއާ ބިލް މަޖިލިހުން ބޭރުކުރަން ގޮވާލާ ނޫސްވެރިންނާއި އާންމުން އަދި އެ ބިލް ފާސްކުރުމަށް ގޮވާލާ ފަރާތްތަކުން އަދިވެސް ގެންދަނީ މަޖިލިހުގެ އިދާރާ ކައިރީގައި އިހުތިޖާޖު ކުރަމުން. ބިލާ އެއްކޮޅު މީހުން އަޑު އުފުލަނީ ކިންގްސް ކޯނާ ކައިރީގައި ތިބެގެން. ބިލް ބޭރުކުރަން ގޮވާލާ މީހުން ތިބީ މަޖީދިއްޔާ ސްކޫލް ކައިރީގައި.

އަރަބިއްޔާ ސްކޫލާ ދިމާލުން މަޖިލިހުގެ އިދާރާ ކައިރި އަށް މީޑިއާ އެެއްކޮޅު މީހުން ވެސް އެއްވެ ގެންދަނީ އަޑު އުފުލަމުން.

ދައުރުން ބޭރުގެ މިއަދުގެ ޖަލްސާ ބާއްވަން މަޖިލިހުގެ އިދާރާ އިން ތާވަލް ކޮށްފައި ވަނީ މިއަދުގެ ހަވީރު ހަތަރެއް ޖަހާއިރު.

ފުލުހުން މިހާރު ގެންދަނީ މަޖިލިހުގެ އިދާރާގެ ކައިރީގައި ތިބި އާންމުން އެ ސަރަހައްދުން ބޭރުކުރަން ފަށާފައި. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުންނާއި އާންމުން ހިމެނޭ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީޑިއާ ބިލް ފާސްކޮށްފާނެ ކަމުގެ ކަންބޮޑުވުންތަކާ އެކު ނޫސްވެރިން މުޒާހަރާކުރަން ފަށައިފި އެވެ.

ހެނދުނު 8:30 އިން ފެށިގެން މަޖިލިސް ދޮށުގައި، އެކި މީޑިއާތަކަށް ނިސްބަތްވާ ނޫސްވެރިން ދަނީ ބިލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެކަމަކު ފުލުހުން ވަނީ ގަދަކަމުން ނޫސްވެރިން ފަހަތަށް ޖަހައްސައި ބެރިކޭޑު ޖަހައި ދުރުކޮށްފަ އެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ "މިހާރު"ގެ ނުސްވެރިން ބުނި ގޮތުގައި މަޖިލީހަށް ދެވޭނެ ހުރިހާ މަގުތަކެއް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރު ޖަލްސާއެއް މިއަދު ބާއްވަން ނިންމާފައިވީ ނަމަވެސް ޖަލްސާ ބާއްވާނެ ވަގުތާއި އެޖެންޑާ މަޖިލީހުން އަދި އާއްމެއް ނުކުރެ އެވެ.

މަޖިލީހުން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދަނީ މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލުގެ މައްސަލަ އެެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން ދިފާއުކުރާ އެ ބިލަށް ހުށަހެޅި އިސްލާހުތަކާ އެކު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ ވަނީ ނިންމައި ފާސްކޮށްފަ އެވެ. ބެލެވޭ ގޮތުގައި މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނީ އެ ބިލަށެވެ.

މީޑިއާ ބިލު އެކުލަވާލާފައި ވަނީ މިނިވަން މީޑިއާއަށް ހުރަސް އެޅޭ ގޮތަށް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ރައީސަށް ވެސް ހުށަހެޅި އެވެ. ބިލު ބޭރުކޮށްލަން އެދި ރައީސާއި މަޖިލީހަށް ގިނަ އަދަދެއްގެ ނޫސްވެރިންގެ ސޮޔާ އެކު ޕެޓިޝަނެއް ހުށަހެޅިޔަސް އެ ކަމަށް ބެލުމެއް ނެތި ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ނިންމާލީ އެވެ.

އެ ބިލު ފާސްކުރަން ތައްޔާރުވަމުން އަންނައިރު ބިލު ބޭރުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބޭރުގެ އެކި ޖަމިއްޔާތައް ހިމެނޭ ގޮތަށް 21 ޖަމިއްޔާއަކުން ގޮވާލާފައިވެ އެވެ. ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ވެސް ވަނީ ބިލަކީ މިނިވަން މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ބިލު އަނބުރާ ގެންދަން ގޮވާލައިފަ އެވެ.

އެކަމަކު ސަރުކާރުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބިލް ފާސްކޮށްފައި ވަނީ، ނޫސްވެރިން ބޭނުންވި އިސްލާހުތަކާ އެކުގައި ކަަމަށެވެ. މިނިވަންކަމާ އެކު ނޫސްވެރިކަން ކުރަން އެ ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ހުރަހެއް ކުރިމަތިނުވާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.