ފުޓްބޯޅައިގެ ރަސްމީ ފެށުމުގެ ފުރަތަމަ ތަށި ވެސް މާޒިޔާ އަށް!
ފުޓްބޯޅައިގެ ރަސްމީ ފެށުމުގެ ފުރަތަމަ ތަށި ވެސް މާޒިޔާ އަށް!

އީގަލްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި ރަސްމީ ސީޒަނުގެ ފުރަތަމަ ތަށި ވެސް މާޒިޔާއިން ހޯދައިފި އެވެ.

ފުޓްބޯޅައިގެ ރަސްމީ ފެށުމުގެ ފުރަތަމަ ތަށި ވެސް މާޒިޔާ އަށް!
ފުޓްބޯޅައިގެ ރަސްމީ ފެށުމުގެ ފުރަތަމަ ތަށި ވެސް މާޒިޔާ އަށް!

ސީޒަން ހުޅުވުމުގެ ގޮތުން މިރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗުން، ހޯދި ތައްޓަކީ މާޒިޔާގެ ސީނިއާ ޓީމުން މި އަހަރު ހޯދި ދެވަނަ ތައްޓެވެ.

ފުޓްބޯޅައިގެ ރަސްމީ ފެށުމުގެ ފުރަތަމަ ތަށި ވެސް މާޒިޔާ އަށް!
ފުޓްބޯޅައިގެ ރަސްމީ ފެށުމުގެ ފުރަތަމަ ތަށި ވެސް މާޒިޔާ އަށް!

މެއި މަހު އެފްއޭއެމުން ބޭއްވި ނުރަސްމީ މުބާރާތް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދީ މާޒިޔާއިންނެވެ.

މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ނިމުމުގެ ކުރިން ޖެހީ އަހްމަދު އައިހަމް އެވެ.

މާޒިޔާގެ ދެވަނަ ލަނޑު ޖެހުމުގައި ވެސް ހިއްސާވީ އޭނާ އެވެ. މެޗުގެ 67 ވަނަ މިނެޓްގައި ނާއިޒު ހަސަން (ދާދު) ޖެހީ އައިހަމް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

އައިހަމް އޭރިއާ ތެރެއަށް ބޯޅަ ނަގައިދިނުމުން އެ ބޯޅަ އަށް އީގަލްސްގެ ޒުވާން ކީޕަރު މުހައްމަދު އަޝްވާން މަސައްކަތް ކުރި އެވެ. އެކަމަކު ނާއިޒު ވަނީ ގޯލް ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. ނާއިޒު ހުއްޓުވަން އަޝްވާން ކުރިމަތިލި ވަގުތު، ދެ ކުޅުންތެރިންނަށް ވެސް އަނިޔާވި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އައިހަމް އެވެ.

މި ސީޒަނުގައި އީގަލްސް ފެންނަނީ ނިކަމެތިކޮށެވެ. އެ ޓީމުގައި މަޝްހޫރު ނަންތަކަކީ އަހްމަދު ރިޒުވާން، އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އާއި އިސްމާއީލް އީސާ އެވެ.

ސްކޮޑް ނިކަމެތި ވެފައި އޮތަސް އީގަލްސްގެ ކުޅުންތެރިން ދޭތެރެދޭތެރެއިން މާޒިޔާގެ ގޯލަށް ނުރައްކާ ކުރި އެވެ. ރިޒޭ އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިފަ އެވެ. މާޒިޔާގެ ކީޕަރު ނިމެންޏާ ލިމައިޗް ވަނީ ރިޒޭ ފޮނުވާލި އުނދަގޫ ބޯޅަތައް ވެސް ދިފާއުކޮށްފަ އެވެ.

ޗެރިޓީ ޝީލްޑާ އެކު މާޒިޔާ އަށް އިނާމު ފައިސާގެ ގޮތުގައި ލިބުނު 100،000ރ. ގެ ތެރެއިން ބައެޗއް އެ ކްލަބުން ވަނީ ލޯފަން މީހުންގެ ޖަމިއްޔާ (ބީވީއައިއެސްއެމް) އަށް ހަދިޔާ ކުރަން ނިންމައިފަ އެވެ.

ޗެރިޓީ ޝީލްޑް ކާމިޔާބު ކުރާ ޓީމަކަށް ލިބޭ އިނާމު ފައިސާއިން ބައެއް ޗެރިޓީގެ ގޮތުގައި މަސައްކަތް ކުރާ ފަރާތަކަށް ހަދިޔާ ކުރަން ޖެހެ އެވެ.