ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި
ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި

ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް އެކުލަވާލާފައިވާތީ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީޑިއާ ބިލު އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި
ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި

މީޑިއާ ރެގިއުލޭޝަން ބިލުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި އެ ބިލު ފާސްްކުރީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރަން ގޮވާލައި ނޫސްވެރިން ހުށަހެޅި ޕެޓިޝަނެެއް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށެވެ.

ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި
ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި

އާއްމުކޮށް ހުޅުވާލައިގެން މިއަދު ބޭއްވި ބައްދަލުވުުމުގައި ބިލަށް ސަރުކާރުން ހުށަހަޅާފައި ހުރި އިސްލާހުތަކާއި އެ ނޫން އިސްލާހުތަކާއެކު ފާސްކުރަން ހުށަހެޅުމުން، މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންނާއި ނޫސްވެރިން އަޑުގަދަކޮށް އިހުތިޖާޖް ކުރަން ފެށި އެވެ. އެހެން ނަމަވެސް އެ ހަޅޭކުގެ ތެރެއިން ބިލަށް ވޯޓަށް އެހުުމުން ވޯޓު ދިނުމުގެ ގޮތުން ޕީއެންސީ މެންބަރުން އަތް އުފުއްލެވި އެވެ.

އިހުތިޖާޖް ކުރަން ފެށުމުން ބައްދަލުވުން މެދުކަނޑާލުމަށްފަހު 5:00 ގައި އަލުން ކޮމެޓީ ފެށުމަށްފަހު، ކޮމިޓީގެ މުގައްރިރު ހުސައިން ރިޒާ ވިދާޅުވީ ކޮމިޓީ މެދުކަނޑާލިއިރު، ބިލު ފާސްކުރަން ފެނިވަޑައިގަންނަވާ މެންބަރުން އޮތީ ވޯޓު ދެއްވާފައި ކަމަށެވެ. އަދި ބިލު ފާސްކުރަން ނުފެންނަ ކަމަށް އޭރު އެއްވެސް މެންބަރަކު ވޯޓުދެއްވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެއަށް ފަހު އޭނާ ވިދާޅުވީ ނުފެންނަ ކަމަށް ވޯޓު ދެއްވާ މެންބަރަކު ނެތުމުން ބިލު އިއްތިފާގުން ފާސްވެފައިވާ ކަމަށެވެ.

ބިލު ފާސްކުރަން ވޯޓަށް އެހި ވަގުތު އިހްތިޖާޖްކުރި މެންބަރުންނާއި ނޫސްވެރިން ގޮވާލީ ޕެޓިޝަން ކޮމިޓީން އެދިފައިވާ ގޮތަށް، ނޫސްވެރިންގެ ޕެޓިޝަނަށް ރިއާޔަތް ކުރުމަށެވެ.

"ކޮންޓްރޯލް ބިލު ބޭރުކުރޭ، ޕެޓިޝަނަށް ރިއާޔަތްކޮށްފައި ވޯޓަަށް އެހޭނީ،" ކޮމިޓީ ރޫމްގައި އިހުތިޖާޖް ކުރި މެންބަރުންނާއި ނޫސްވެރިން ގޮވި އެވެ.

އެހެންވެ، ކޮމެޓީން މެދުކަނޑާލުމަށްފަހު މެމްބަރުން ވަނީ ނިކުމެފަ އެވެ. ނަމަވެސް ފަހުން ކޮމެޓީ ބޭއްވީ ނޫސްވެރިން ނުވައްދަ އެވެ.

ކޮމެޓީން ބިލް ފާސްކުރުމުން، ނޫސްވެރިންގެ ބޭއްވި ބައްދަލުވުމެއްގައި ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ އެ ބިލާ ދެކޮޅަށް ނޫސްވެރިން އިހްތިޖާޖްކުރީ ނޫސްވެރިންނާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. ނަމަވެސް އެ ބިލް ފާސްކުރީ ބޮޑު އޮޅުވާލުންތަކެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެވަނަ ފަހަރަށް ކޮމެޓީއަށް ކޯލްކޮށްފައި އަޅުގަނޑުމެން ކޮމެޓީ ހުންނަ ފްލޯގެ ކޮމެޓީ ހުންނަ ރޫމާ ހަމައަށް ދެވުމުގެ ކުރިން ހުރީ ގޭޓް ތަޅުލާފައި. އެ ހިސާބުން އަޅުގަނޑުމެން މައްޗަށް އަރުވާފައި ގޭޓް ތަޅުލާފައި ތިއްބާ ސެކިއުރިޓީ އޮފިސަރުން ވިދާޅުވަނީ މިހާރު ބިލް ކޮމެޓީން ފާސްކޮށްފިއޭ..." ހިރިގާ ވިދާޅުވި އެވެ.

އެ ޕެޓިޝަނަކީ އެ ބިލް ބޭރުކުރަން ގޮވާލައި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ނޫސްވެރިންގެ ފަރާތުން މަޖިލީހުގެ ޕެޓިޝަން ކޮމިޝަނަށް ހުށަހެޅި ޕެޓިޝަނަށެވެ. ނަމަވެސް ޕެޓިޝަން ކޮމިޓީން މިއަދު ނިންމީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ޕެޓިޝަނަށް ރިއާޔަތް ކުރުމަށްޓަކައި އެ ކޮމިޓީއަށް ފޮނުވުމަށެވެ.

މީޑިއާ ރެގިއުލޭޝަން ބިލު އޮތީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށް ވާތީ ނޫސްވެރިން ގެންދަނީ އެ ބިލު ފާސްކުރުމާ ދެކޮޅަށް ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ. އެ ކަންބޮޑުވުންތަކާ އެކު އެޓާނީ ޖެނެރަލް އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވި އެވެ.

ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

އެ ބިލަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނި އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ.

އޭޖީގެ އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް މިހާތަނަކަށް ނޭނގެ އެވެ.