15 ސެޕްޓެމްބަރ 2025 - 16:48

ގަތަރު އަމީރު ޝައިހް ތަމީމް ބިން ހަމަދް އަލް ސާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.
ގަތަރުގެ އަމީރުއާ ރައީސް މުއިއްޒު މިއަދު ބައްދަލު ކުރެއްވީ އަރަބް-އިސްލާމިކް އިމަޖެންސީ ސަމިޓުގައި ބައިވެރިވެޑައިގަތުމަށް ގަތަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލު ކުރެއްވުމުގައި، އިޒްރޭލުން ދާދި ފަހުން ގަތަރަށް ދިން ހަމަލާ ކުށްވެރި ކުރައްވައި އަދި ގަތަރުގެ ރައްޔިތުންނާ އެކު ދިވެހި ސަރުކާރު އޮތްކަން ރައީސް މުއިއްޒު ހާމަކުރެއްވި ކަމަށެވެ.
އަރަބް-އިސްލާމިކް އިމަޖެންސީ ސަމިޓަކީ ގަތަރުގެ ދޯހާއަށް އިޒްރޭލުން ދާދިފަހުން ދިން ހަމަލާއާ ގުޅިގެން އިސްލާމީ ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ ސަމިޓެކެވެ. އެ ހަމަލާ ރާއްޖެއިން ކުރިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
މިއަދު ބާއްވާ އަރަބް-އިސްލާމިކް އިމަޖެންސީ ސަމިޓަށް ރައީސް މުއިއްޒު ބަޔާނެއް ވެސް އިއްވަވާނެ އެވެ.