ނިލަންދޫން ގެއްލުނު ކުއްޖާ ފެނިއްޖެ
ނިލަންދޫން ގެއްލުނު ކުއްޖާ ފެނިއްޖެ

ކުއްޖާ ފެނުނީ ކޮންތާކުން ކަމެއް އަދި އެ ކަމާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދޭ.

ގެއްލުނު ކުއްޖޭ ރޭ ދަންވަރު ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ދެންމެ ބުނެފި. ފުލުހުން ބުނިގޮތުގައި އެ ކުއްޖާ ފެނުނީ ރޭގެ ދަންވަރު 2:40 ހާއިރު.

ފ. ނިލަންދޫގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރޭ ހޯދަން ފަށައިފި އެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ކުއްޖާ ގެއްލިފައިވާ މައްސަލައިގެ ރިޕޯޓު ލިބުނީ ރޭގެ 10:15 ހާއިރު ކަމަށެވެ.

އާއިލާއާ ހަވާލާދީ، ފުލުހުން ބުނިގޮތުގައި އިއްޔެ ހަވީރު ގެއިން ނުކުމެގެން ދިޔަ ގޮތަށް އެ ކުއްޖާގެ ޚަބަރެއް ނުވެ އެވެ.

"އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ދަނީ ކުރަމުން،" ފުލުހުންގެ މެސެޖުގައި ވެ އެވެ.

ނިލަންދޫން ވާހަކަ ދެއްކި މީހަކު ބުނީ، އެ ރަށުގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން އަންނަ އެ ކުއްޖާ ގެއްލުމާ ގުޅިގެން، ނިލަންދޫން އިއްޔެ ހަވީރާއި ރޭގައި ފުރާފައިވާ އުޅަނދުތަކުގެ މައުލޫމާތު ވެސް ފުލުހުންނާއި ކައުންސިލް ގުޅިގެން ހޯދަމުން އަންނަ ކަމަށެވެ.