ގެއްލުނު މީހަކަށް އެހީވީ ރާމާމަކުނުތަކެއް
ގެއްލުނު މީހަކަށް އެހީވީ ރާމާމަކުނުތަކެއް

އެމެޒޯން ޖަންގަލިތެރެއަށް ގެއްލި އެތަނުގައި ނުވަ ދުވަސް ހޭދަކުރި ޓޫރިސްޓަކަށް ކާއެއްޗެހި ދީ ބޯހިޔާވަހިކަން ހޯދައިދިނީ ޖަންގަލީގައި އުޅޭ ރާމާމަކުނުތަކެއް ކަމަށް އެމީހާ ބުނެފި އެވެ.

ގެއްލުނު މީހަކަށް އެހީވީ ރާމާމަކުނުތަކެއް
ގެއްލުނު މީހަކަށް އެހީވީ ރާމާމަކުނުތަކެއް

ޗިލީގެ މޭކޫލް ކޮރޯސިއޯ އަކޫނާ، 25، ޗުއްޓީއަކަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލުނީ ބޮލީވިއާގެ އެމެޒޯން އަށެވެ. އޭނާ ބުނީ ގޮތުގައި ރާމާމަކުނުތައް ގަސްގަހުގެ އޮފިތަކުގައި ހުރި މޭވާ ބިނދެ އޭނާގެ ކައިރިއަށް އުކި ކަމަށެވެ.

ޓުއާ ކުންފުންޏެއް ކަމަށްވާ މެކްސް އެކްޑްވެންޗާޒްގެ މީހުންނާ އެކު ކޭމްޕްކޮށްގެން ތިބެފައި ޖަންގަލިތެރެއަށް ވަދެގެން އުޅެނިކޮށް މޭކޫލް ގެއްލުނީ އެވެ.

ނެޝަނަލް ޖިއޮގްރެފިކްގެ ރިޕޯޓެއް ބުނާ ގޮތުން ގެއްލުމުގެ ކުރިން މޭކޫލް އުޅުނީ ވަރަށް އެހެން ފާޑަކަށެވެ. މޭކޫލް ގެއްލުމުން، އެހިސާބުގަނޑު ބަލަހައްޓާ މީހުން އޭނާ ފެނޭތޯ އެތައް ދުވަހެއް ވަންދެން މަސައްކަތް ކޮށްގެން ވެސް ފެންނަ ގޮތް ނުވީ އެވެ.

މި މީހާ ޖަންގަލިތެރެއަށް ވަނީ ޖިންނި މޮޔަވެގެންކަމަށް ހީކޮށް އެހިސާބުގަނޑުގައި އުޅޭ ފަންޑިތަހަދާ މީހުން ގެނެސްގެން ވެސް ތަފާތު ކަންތައްތައް ކުރިކަމަށްވެ އެވެ.

ގެއްލުނުތާ ނުވަ ދުވަސް ފަހުން މި މީހާ ފެނުނުއިރު އޭނާ ހުރި ކަމަކަށް ވަނީ އެމީހުން ތިބި ކޭމްޕާ މޭލަކަށް ވުރެ ވެސް ކައިރީގަ އެވެ.

މޭކޫލް ފެނުނުއިރު އޭނާގެ ގައިގައި ޖަންގަލި ތެރޭން އެކި ފާޑުގެ ސޫފިތައް ދަތްއަޅައި ކަށިޖަހާފައި ހުރި ތަންތަން ވަރަށް ގިނައިން ހުއްޓެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ސަލާމަތުން ހުރެވުނީ ރާމާމަކުނުތަކުގެ ސަބަބުންނެވެ.

ކޮންމެ ދުވަހަކުވެސް ރާމާމަކުނުތައް އޭނާއަށް ކާނެ މޭވާ ގަސްގަހުން ވައްޓައިދޭ ކަމަށާއި ފެން ހޯދައި ހިޔާވެ ނިދާގެ ތަންތަނަށް ވެސް ގެންގޮސްދޭ ކަމަށް އޭނާ ބުންޏެވެ.