13 ސެޕްޓެމްބަރ 2025 - 15:30

އިންފެކްޝަނަކަށް ފަރުވާ ހޯއްދެއްވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
މައުމޫންގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ ބައްޔަށް ފަރުވާ ހޯއްދެއްވުމަށްޓަކައި ކުރީގެ ފަސްޓްލޭޑީ މިދިޔަ ހަފުތާ އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ ކަމަށެވެ.
އެކަމަނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި އޭރު ބުންޏެވެ.
އޭގެ ފަހުން، އެކްސްގައި މައުމޫން ކުރެއްވި ޕޯސްޓުގައި މިއަދު ވިދާޅުވީ ނަސްރީނާގެ ހާލު ރަނގަޅުވުމުން ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ މަނިކުފާނުގެ އޮފީހުން ވަނީ ނަސްރީނާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބެމުންދިޔަ އޯގާތެރިކަމާއި އަޅައިލުމަށް ޝުކުރު އަދާކޮށްފަ އެވެ.