ޓެރަރިޒަމް މައްސަލާގައި ތިމަރަފުށިން ހައްޔަރުކުރި މީހަކު، ހެއްކަށް ނުފޫޒު ފޯރުވާތީ އޮޕަރޭޝަނެއް
ޓެރަރިޒަމް މައްސަލާގައި ތިމަރަފުށިން ހައްޔަރުކުރި މީހަކު، ހެއްކަށް ނުފޫޒު ފޯރުވާތީ އޮޕަރޭޝަނެއް

ޓެރަރިޒަމްގެ މައްސަލައެއްގައި ތ. ތިމަރަފުށިން މީގެ ފަސް އަހަރު ކުރިން ހައްޔަރުކުރި މީހަކު، ޝަރީއަތަށް ނުފޫޒުު ފޯރުވާތީ މިއަދު އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގުގައި މާލޭގައި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.

އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓެރަރިޒަމް އޮޕަރޭޝަން ފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅު ތިމަރަފުށީ ސްކޫލު ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ ކޮށްފައިވާ މީހަކު ހެއްކަކަށް ނުފޫޒު ފޯރުވަން އުޅުމުންނެވެ.

އެ އޮޕަރޭޝަނުގައި މިއަދު ހެނދުނުން ފެށިގެން މާލޭގެ އެކި ސަރަހައްދުތައް އަންނަނީ ބަލައި ފާސްކުރަމުންނެވެ.