08 ސެޕްޓެމްބަރ 2025 - 21:56

ސިނަމާލެ ބްރިޖުން ބަންދުކުރި ފަޅި، ފަސް ގަޑިއިރަށް ފަހު މިރޭ ހުޅުވާލައިފި އެވެ.
އެތަން ބަންދުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ "އެއާޕޯޓް އިމަޖެންސީ ޕްލޭން" ޓެސްޓްކުރަން ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ކުރިއަށް ގެންދިއުމަށެވެ.
އެހެންވެ މިއަދު ހަވީރު 4:00 އިން މިރޭ 9:00 އަށް ބަންދުކުރީ ބުރިޖުގެ އުތުރު ފަޅި އެވެ.
ފުލުހުން ބުނީ އެއާޕޯޓް އިމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބުރިޖުގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލުތައް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް، އާންމު ދަތުރުފަތުރަށް ބުރިޖު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް ބުންޏެވެ.
އެމްއޭސީއެލުން މިއަދު ބޭއްވީ ކުއްލި ހާލަތެއް ދިމާވާއިރު، އެއާޕޯޓުގެ އެމަޖެންސީ ހިދުމަތްތައް ތައްޔާރުތޯ ބެލުމާއި މާލެ ސަރަހައްދުގައި ހޮސްޕިޓަލްތައް ތައްޔާރުތޯ ބެލުމަށް ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ.