08 ސެޕްޓެމްބަރ 2025 - 21:33

ހުޅުމާލެ ރަށު މާރުކެޓުން ފަސް ގޮޅިއެއް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އިއުލާންކޮށްފި އެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނީ ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުރި ގޮޅިތައް ލިބޭ މީހުން ކަނޑައަޅާނީ ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރު ނަގައިގެން ކަމަށެވެ.
ގޮޅިތައް ކުއްޔަށް ހިފަން އެދޭ މީހުން ހުށަހަޅަން ޖެހޭ ފޯމު އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ. އެ ފޯމް ބަލައިގަންނާނީ ހަމައެކަނި އީމެއިލް އިންނެވެ. މެއިލް ކުރާނީ[email protected]އަށެވެ.
ފޯމު ހުށަހަޅަން ހުޅުވާލާފައި ވަނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 3:30 އާ ހަމައަށެވެ. ގޮޅިތަކަށް ކުރިމަތިލާ މީހުންގެ މެދުގައި ގުރުއަތު ނަގާނީ އަންނަ މަހުގެ 16 ވަނަ ދުވަހު ހެނދުނު 10:00ގަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ދެ އަހަރަށް ދޫކުރާ އެ ގޮޅިތަކަކީ 73.33 އަކަފޫޓުގެ ތަންތަނެވެ.
ގޮޅިއަށް މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކަން ޖެހޭއިރު ލީސް ޑިޕޮސިޓްގެ ގޮތުގައި 22،500ރ. ދައްކަންޖެހެ އެވެ.
މީގެ ކުރިން މާރުކޭޓު ގޮޅިތައް ދޫ ކުރަމުން އައީ ބީލަން އުސޫލުންނެވެ. އެގޮތުން ގޮޅި ދެނީ ބީލަމުގެ އުސޫލުން ފޯމު ހުށައަޅާ މީހުންގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ މީހަކަށެވެ.