09 ސެޕްޓެމްބަރ 2025 - 04:53

ތުރުކީގެ މަޝްހޫރު ޕްރިމިއަމް ބްރޭންޑު "ފޮ ފުޑް"ގެ އުފެއްދުންތައް ލުއި ޖީ ޓްރޭޑިން އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

އެ ކުންފުނިން މި އެފުއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފް ކުރީ މިހާރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ އެފްއެޗްއޭއެމް އެކްސްޕޯ އެވެ.

"ފޮ ފުޑް" އަކީ ފުޅާ ދާއިރާއެއްގައި އެކި ވައްތަރުގެ ބުއިންތައް ތައްޔާރުކުރެވޭ، ސިރަޕާއި ޕިއުރީ ފަދަ އުފެއްދުންތައް ހިމެނޭ ބްރޭންޑެކެވެ. އެ ބްރޭންޑުގެ އައިސްޓީ ސިރަޕާއި، ގްލިޓާ ސިރަޕް، ކޮކްޓެއިލް ސިރަޕްސް، ފްރުޓަޑް ސިރަޕްސް، ފްރުޓް ޕިއުރީގެ އިތުރުން ފްރެޕްސްއަށް ހާއްސަ އެކި ފްލޭވާތަކާއި، އެކި ފްލޭވާތަކުގެ ސޯސް ހުރެ އެވެ. އޭގެ އިތުރުން ޕްރިމިއަމް ފްރުޓް ސިރަޕާއި ޕްރިމިއަމް ސޯސް ރޭންޖެއް ވެސް ހިމެނެ އެވެ.

"ފޮ ފުޑް"ގެ ޕްރިމިއަމް ސިރަޕް ރޭންޖަކީ ގުދުރަތީ ކުލަ އާއި ރަހަ އެކުލެވޭ ގްލޫޓަން ފްރީ އުފެއްދުމެކެވެ. މިއީ 40 ޕަސެންޓު ފްރުޓް ޖޫސް އެކުލެވޭ ގްލޫޓަން ފްރީ ރޭންޖެކެވެ. މި ރޭންޖުގައި 31 ފްލޭވާއެއްގެ ސިރަޕް ހިމެނެ އެވެ.
"ފޮ ފުޑް"ގެ ޕްރިމިއަމް ސޯސްތަކަކީ ނެޗުރަލް ފްލޭވާތައް ހިމެނޭ ކަލަރަންޓް ފްރީ އެއްޗެކެވެ. އަދި މިއީ ބުއިންތައް ތައްޔާރުކުރުމުގައި ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ހަދާފައިވާ ސޯސްތަކެކެވެ. ޕްރިމިއަމް ރޭންޖުގެ ސޯސްތަކުގެ ތެރޭގައި ޗޮކްލެޓް، ވައިޓް ޗޮކްލެޓް، ކެރަމަލް، ސޯލްޓަޑް ކެރަމަލް އަދި ޓާރޯ ފްލޭވާ ފަދަ މަގުބޫލު ތަފާތު ފްލޭވާތައް ހިމެނެ އެވެ.
ލުއި ޖީ ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުޝިލް ވިދާޅުވީ "ފޮ ފުޑް" ބްރޭންޑަކީ ރިސޯޓުތަކަށް ހާއްސަކޮށް ލޯންޗުކުރި ބްރޭންޑެއް ކަމަށެވެ.
"މިއީ ވަރަށް ފުޅާ ރޭންޖުތަކެއްގެ ވަރަށް ތަފާތު ގިނަ ރަހަތަކެއް ލިބެން ހުންނަ ބްރޭންޑެއް. މި ބްރޭންޑުގެ އުފެއްދުންތަކާ އެކު ކޮކްޓެއިލް، މޮކްޓެއިލް އިން ފެށިގެން މޮހީޓޯ އާއި ސްމޫތިޒް އަދި މިލްކްޝޭކާއި ލާޓޭ އާއި މޮކާ ފަދަ ބުއިންތައް ފަސޭހައިން ތައްޔާރުކޮށްލެވޭނެ. މިއީ ތުރުކީގެ ފައިވް ސްޓާ ހޮޓެލް ޗެއިންތަކުގައި ވެސް ބޭނުން ކުރަމުންދާ މަގުބޫލު ޕްރިމިއަމް ބްރޭންޑެއް،" އޭނާ ވިދާޅުވި އެވެ.
އެފްއެޗްއޭއެމްގެ ލުއި ޖީ ސްޓޯލުން "ފޮ ފުޑް"ގެ އުފެއްދުންތަކުގެ ރަހަތައް ތަޖުރިބާކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، އެ ރަހަތަކަށް ބޮޑު ތަރުހީބެއް ލިބުނުކަން މުޝިލް ފާހަގަކުރެއްވި އެވެ. އަދި "ފޮ ފުޑް"ގެ ރަހަތަކަކީ ލުއި ޖީއިން ހިންގާ "ލުއިބުއިން"ގެ އައުޓްލެޓުތަކުގައި ބޭނުން ކުރަމުންދާ އުފެއްދުންތަކަކަށް ވުމުން، މިއީ ދިވެހިންގެ މެދުގައި މިހާރު ވެސް މަގުބޫލު، ގިނަ ބަޔަކު ބަލައިގެންފައިވާ ބްރޭންޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މުޝިލް ވިދާޅުވީ "ފޮ ފުޑް" އަކީ ކެފޭ، ރެސްޓޯރަންޓުތަކުގައި ވެސް މިހާރު ތައްޔާރު ކުރަމުންދާ އެކި ބުއިންތައް ހެދޭނެ ފްލޭވާތައް ލިބެން ހުރި ބްރޭންޑެއް ކަމަށެވެ. އަދި މި ބްރޭންޑުގެ ފުލް ރޭންޖު އެކުންފުނިން ލިބެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ލުއި ޖީ އަކީ "ފޮ ފުޑް"ގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. "ފޮ ފުޑް"ގެ ރަހަތައް ތަޖުރިބާކުރަން ބޭނުން ފަރާތްތަކަށް މިރޭގެ ނިޔަލަށް ކުރިއަށް ދާ އެފްއެޗްއޭއެމް އެގްޒިބިޝަނުން އެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ބްރޭންޑުގެ ޕްރޮޑަކްޓު ކެޓަލޮގް ވެސް އެތަނުން ބަލާލެވޭނެ އެވެ. މި އެގްޒިބިޝަން ކުރިއަށް ދާނީ މިރޭ 7:00 އާ ހަމަޔަށެވެ.