ފަހުމީއަށް ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއް
ފަހުމީއަށް ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއް

ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް މިއަދު ހަމަޖައްސައިފި އެވެ.

ސްޓެލްކޯގައި 27 އަހަރު ހޭދަކުރެއްވި ފަހުމީ އެ ކުންފުނިން ވަކިކުރީ އިއްޔެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ފަހުމީ ހަމަޖެއްސީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.

ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ އިނގިރޭސި ވިލާތުން ކިޔަވާ ވަޑައިގެން އެ ކުންފުނީގެ އެކައުންޓިން ޑިޕާޓްމެންޓްގެ ގިނަ ވަޒީފާތަކެއް އަދާކުރެއްވި އެވެ.

ސްޓެލްކޯގައި 25 އަހަރު ހިދުމަތް ކުރެއްވި ފަހުން ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023ގަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު އެވެ.