05 ސެޕްޓެމްބަރ 2025 - 17:08

ރިސޯޓެއްގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ އޮޓޮޕްސީ ހެދުމަށް ފަހު، ހަށިގަނޑު ރާއްޖެ ގެނެސް ރޭ ފަތިހު ވަޅުލައިފި އެވެ.
ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި މަރުވެފައި އޮއްވާ ފެނުނީ ކ. ގުރައިދޫ، ތަނޑިރަތްމާގެ، އަދީލް އަހުމަދު، 21، އެވެ.
އޭނާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ މަހުގެ 23ގަ އެވެ. އެއާއެކު، އެ މަރު ތަހުގީގުކުރުމަށް ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ހަށިގަނޑު ފޮނުވާލި އެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެ ޒުވާނާގެ އޮޓޮޕްސީ ހެދުމަށްފަހު އިއްޔެ އާއިލާއާ ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އާއިލާގެ ނުރުހުމުގައި އޮޓޮޕްސީ ހަދަން ނިންމި ސަބަބެއް ނުބުނެ އެވެ.
އެހެންވެ، އެ ހާދިސާގައި ފުލުހުން ޝައްކުކުރާ ކަންތައްތަކެއް ހިމެނޭ ކަމެއް ސާފެއް ނުވެ އެވެ.