ގުޅިފަޅު ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި، އަންނަ ހަފްތާގައި ބިން ހަވާލުކުރަނީ
ގުޅިފަޅު ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި، އަންނަ ހަފްތާގައި ބިން ހަވާލުކުރަނީ

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ކަޑަ ޖެހުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ފަށައިފި އެވެ.

ގުޅިފަޅު ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި، އަންނަ ހަފްތާގައި ބިން ހަވާލުކުރަނީ
ގުޅިފަޅު ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި، އަންނަ ހަފްތާގައި ބިން ހަވާލުކުރަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ބަދަލު ގެނައުމާއި ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސުމުން އައި ބަދަލުތަކާ އެކު ކުރީގެ ރަޖިސްޓްރީތައް ބާތިލްކުރި އެވެ. އެހެންވެ މިދިޔަ މެއި މަހު ވަނީ އަލުން ގުރު ނަގައި ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅައިފަ އެވެ.

ގުޅިފަޅު ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި، އަންނަ ހަފްތާގައި ބިން ހަވާލުކުރަނީ
ގުޅިފަޅު ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި، އަންނަ ހަފްތާގައި ބިން ހަވާލުކުރަނީ

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އޭގެ ފަހުން 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ހަދައިދީ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. މިދިޔަ ޖުލައި މަހުން ފެށިގެން އެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު މިިނިސްޓްރީން މިއަދު ބުނީ އިން ވަކިކޮށް ނިމޭ ބިންތައް އޭގެ ވެރިފަރާތްތަކާ މިނިސްޓްރީން ގުޅައި ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފުތާ ފެށޭނެ ކަމަށެވެ.

ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށް ފަހު، ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގަ އެވެ.

އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ. އެކަމަކު ގޯތި ލިބުނު ބައެއް މީހުން ދަނީ ގޯތިތަކުގެ ރަޖިސްޓްރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހެދި އެވެ. އެއީ އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ހައުސިން މިނިސްޓްރީން ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީގެ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައި ވިޔަސް، އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ފަހުން ގެނައި ބަދަލާ އެކު، އެތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ނުވަތަ ބިމުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ގޯތި ދޭނެ ސަރަހައްދުތައް ކަނޑައެޅީ އަލުން ގުރުނަގައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުރީގެ ސަރުކާރުން އެ މީހުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރިކަން ފާހަގަވި ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ. އާ އެއްބަސްވުމެއް ހަދަން ނިންމީ އެ ކަހަލަ ސަބަބުތަކަށްޓަކަ އެވެ.

ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.