ނިއު ލެގޫންގެ 40 އަށް ވުރެ ގިނަ ފެތުންތެރިން ތައިލެންޑްގެ މުބާރާތަށް
ނިއު ލެގޫންގެ 40 އަށް ވުރެ ގިނަ ފެތުންތެރިން ތައިލެންޑްގެ މުބާރާތަށް

ނިއު ލެގޫން ސްވިމިން ކްލަބްގެ 40 އަށް ވުރެ ގިނަ އެތުލީޓުން ތައިލެންޑްގައި ބާއްވާ އޭޝިއާގެ ސްކޫލް އިންވިޓޭޝަނަލް ފެތުމުގެ މުބާރާތުގައި ވާދަކުރަން ފުރައިފި އެވެ.

އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް ޝޯޓްކޯސް މުބާރާތަކީ އަމިއްލަ ކްލަބްތަކަށާއި އެކަޑަމީތަކަށް ހުޅުވާލައިގެން ބާއްވާ ޖޫނިއާ މުބާރާތެކެވެ.

މިދިޔަ އަހަރު ވެސް މި މުބާރާތުގައި ރާއްޖޭގެ ބައެއް އެކަޑަމީތަކުން އަމިއްލަ ގޮތުން ބައިވެރި ވެފައި ވެއެވެ. މިފަހަރު އެ މުބާރާތުގައި ރާއްޖޭން މިފަހަރު ދެން ވާދަކުރަނީ ކްލަބް ބޮޑު ރިޔާ އާއި އަކުއާ ފިނާ އެވެ.

އެ ކްލަބުން ޖުމުލަ 41 ފެތުންތެރިން 450 އަށް ވުރެ ގިނަ އިވެންޓްގައި ވާދަކުރާނެ ކަަމަށް ކްލަބްގެ އޮފިޝަލް ބުންޏެވެ.

ޝޯޓްކޯސް.(25 މީޓަރު) ޕޫލުގައި ކުރިއަށްގެންދާ މުބާރާތް އޮންނާނީ އަންނަ ހޮނިހިރު ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތް ކުރިއަށްގެންދާނީ ބެންކޮކްގެ އެސަމްޝަން ޔުނިވަސިޓީގެ އަކްއާޓިކް ސެންޓަރުގަ އެވެ.