ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ޗައިނާ އިން 11 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެ 11 އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބެއިޖިންގަ އެވެ.

ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރައީސް އޮފީހުން ބުނީ މީހުން ބިނާކުރުމާއި އިގްތިސާދީ ތަރައްގީ އާއި އިންްފްރާސްޓްރަކްޗާ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާ ގުޅޭ އެއްބަސްވުންތައް ހިމެނޭ ގޮތަށް 11 އެމްއޯޔޫގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި

އޭގެ ތެރޭގައި ފިޝަރީޒް އެންޑް މެރިޓައިމް ލޮޖިސްޓިކް ހަބެއް އައްޑޫގައި ގާއިމުކުރުމާއި ނޭޝަނަލް ސްކިލް ޑިވެލޮޕްޓްމަންޓް އޮތޯރިޓީއާ އެކު ހަދާފައިވާ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.

ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެ އެމްއޯޔޫތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި ދެ ގައުމުގެ ކުރިއެރުމަށް އެއްބާރުލުން ދިނުމަށް ވެސް އެހީއަކަށް ވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރައީސް މުއިއްޒު އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅުކޮށްފަ އެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި އޭރު ސޮއިކުރި އެވެ.

ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި

މިދިޔަ ހުކުރު ދުވަހު ޗައިނާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ޝީގެ އިތުރުން އެކި ގައުމުތަކުގެ ވެރިންނާ އެމަނިކުފާނު ބައްދަލުކުރެއްވި އެވެ.