01 ސެޕްޓެމްބަރ 2025 - 11:44

ހދ. ކުޅުދުއްފުށީ ފަރަށް އިއްޔެ ހަވީރު އެރި ހއ. ކެލާ ބޯޓު މިއަދު ފުން ކޮށްފި އެވެ.
މުދާ އުފުލާ، ޑީއެމްއެލް އެކްސްޕްރެސް 5، ފަރަށް އެރީ ކުޅުދުއްފުށިން އިންޖީނު ހެދުމަށް ފަހު ކެލައަށްދާން އެ ރަށު ފަޅުން ނުކުންނަން އުޅެނިކޮށް އިންޖީނު ހުއްޓިގެންނެވެ.
ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރާ ދިމާލުން ހުޅަނގު ފަރާތަށް އެރި ބޯޓު މިއަދު ހެނދުނު ފުން ކޮށްފައިވާކަން ކުޅުދުއްފުށީ ކައުންސިލުން ވަނީ ޔަގީން ކޮށްދީފަ އެވެ. އެ ބޯޓު އޮތީ އެ ރަށުގެ އެމްޕީއެލް ބަނދަރަށް ގެންގޮސްފަ އެވެ.
އެ ބޯޓުގެ އެއް ހިއްސާދާރު އަދި ކެލާ ކައުންސިލް ކުރީގެ ރައީސް އާދަމް ގުފްރާން "މިހާރު" އަށް ރޭ ވިދާޅުވީ ބޯޓުގައި އެއްވެސް މުދަލެއް ނުހުންނާނެ ކަމަށެވެ.
އެ ބޯޓު ފަރަށް އެރިއިރު އޭގައި ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހުން ތިބި ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.