ނުކުޅެދުންތެރިކަން ހުންނަ މީހަކު، ބައްޕަ އަށް ވަޅިން ހަމަލާދީފި
ނުކުޅެދުންތެރިކަން ހުންނަ މީހަކު، ބައްޕަ އަށް ވަޅިން ހަމަލާދީފި

ނުކުޅެދުންތެރިކަން ހުންނަ މީހަކު އޭނާގެ ބައްޕަ އަށް ރޭ ވަޅިން ހަމަލާ ދީފި އެވެ.

ފުލުހުން ބުނީ، ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނަކު، އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ ބައްޕަ އަށް ތޫނު އެއްޗަކުން ހަމަލަ ދިން މައްސަލައެއް ރޭގެ 10:30 ހާއިރު އއ. އުކުޅަހުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަނިޔާވި މީހާ އަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނިގޮތުގައި އެ މީހާގެ ހާލު ސީރިއަސްއެއް ނޫނެވެ. އޭނާގެ ބަނޑާއި އަތް ޒަހަމް ވެފައިވާ ކަމަށް ވެސް ހާދިސާގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ފުލުހުން ބުނީ، ބައްޕަ އަށް ހަމަލާދިން ދަރިފުޅު މިހާރު ވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.