31 އޯގަސްޓް 2025 - 18:25

ސްޓެލްކޯގައި އިންޖިނިއަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ރާއްޖޭގައި އިންޖިނިއަރުންގެ ދުވަސް ކޮންމެ އަހަރަކު ފާހަގަކުރަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.

އިއްޔެއަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން ސްޓެލްކޯއިން އިންޖިނިއަރުންގެ ދުވަސް ފާހަގަކުރީ މިއަދެވެ.
ސްޓެލްކޯގެ އިންޖިނިއަރިން ޑިޕާޓްމެންޓްގެ މުވައްޒަފުން އޮފީހަށް އައުމުން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ވަނީ އިންޖިނިއަރުންނަށް ހާއްސަ ހަފްލާއެއް ބާއްވައި ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ.
އެ ހަފްލާގައި އެ ކުންފުނީގެ އިސް ވެރިންނާއެކު ވަނީ ކޭކެއް ވެސް ފަޅައިފަ އެވެ.
ރާއްޖޭގައި އިންޖިނިއަރުން ދުވަސް ފާހަގަކުރާ މިއީ ފުރަތަމަ އަހަރެވެ.
ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު 30 ވަނަ ދުވަސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ހަމަޖެއްސެވީ ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ ސިނަމާލެ ބުރިޖް ހުޅުވި ދުވަހާ ދިމާކޮށެވެ.