30 އޯގަސްޓް 2025 - 16:30

މެލޭޝިއާ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި އެ ގައުމުން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަބްދުލް ބާތިން މުހައްމަދު ކިޔާ މީހެކެވެ.
ފުލުހުން ބުނީ މެލޭޝިއާ ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ބާތިން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ދިވެހިން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެކަމަކު އޭނާއާ ގުޅިގެން މެލޭޝިއާގެ ފުލުހުން ތަހުގީގު ކުރަނީ ސީދާ ކޮން މައްސަލައެއް ކަމެއް ސާފެއް ނޫނެވެ.
ފުލުހުން ބުނި ގޮތުގައި ބާތިންގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.