29 އޯގަސްޓް 2025 - 08:37

ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގު ބާސޫގެ އާ ފިލްމު "މެޓްރޯ އިން ދިނޯ" ނެޓްފްލިކްސް އިން ސްޓްރީމް ކުރަން މިއަދު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބުނު "މެޓްރޯ އިން ދިނޯ" ނެޓްފްލިކްސް އިން ސްޓްރީމް ކުރަން މިއަދު ފަށާކަން ނެޓްފްލިކްސް އިން އިއުލާންކުރީ އިއްޔެ އެވެ.
މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ސިނަމާތަކުގައި ދެއްކި "މެޓްރޯ އިން ދިނޯ" އަށް ޕޮޒިޓިވް ރިވިއުތަކެއް ލިބުނު ނަމަވެސް، ބޮކްސް އޮފީހުގައި އެ ފިލްމަށް ލިބުނީ އެންމެ 72 ކްރޯޑް ރުޕީސް އެވެ. އެ ފިލްމަކީ 45-50 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "މެޓްރޯ އިން ދިނޯ" އަށް މާ ބޮޑު ކާމިޔާބީއެއް ނުލިބުނީ އެ ފިލްމު އެޅުވި ދުވަސްކޮޅާ ކާޖޮލްގެ ބިރުވެރި ފިލްމު "މާ" އާއި ބޮލީވުޑްގެ މިހާތަނަށް އެންމެ ކާމިޔާބު ލޯބީގެ ފިލްމު "ސައްޔާރާ" އެޅުވި ދުވަސްކޮޅާ ދިމާވުމުންނެވެ.
މި އެންތޮލޮޖީ ފިލްމުގައި މުހިންމު ރޯލުތައް ކުޅުނީ އަދިތިޔަ ރޯއީ ކަޕޫރް، ސާރާ އަލީ ޚާން، އަނުޕާމް ކޭރު، ނީނާ ގުޕްތާ، ޕަންކަޖު ތުރިޕާޓީ، ކޮންކޮނާ ސެންޝަރުމާ، އަލީ ފަޒާލް އަދި ފާތިމާ ސަނާ ޝެއިހެވެ.
އަނޫރާޖްއާ އެކު މި ފިލްމު ޑައިރެކްޓުކުރަނީ އޭނާގެ އަންހެނުން ތާނީ ބާސޫ އެވެ.
"މެޓްރޯ އިން ދިނޯ" އަކީ އަނޫރާގު 2007 ވަނަ އަހަރު ގެނެސްދިން "ލައިފް އިން މެޓްރޯ"ގެ ސްޕިން އޮފް އެންތޮލޮޖީ ފިލްމެކެވެ.
މި ފިލްމު ޕްރޮޑިއުސްކުރީ އަނޫރާގު އާއި އޭނާގެ އަންހެނުން އަދި އިންޑިއާގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޓީ-ސީރީޒްގެ ވެރިޔާ ކްރިޝަން ކުމާރް އާއި މެނޭޖިން ޑައިރެކްޓަރު ބުޝަން ކުމާރެވެ.