މަރުވެފައި އޮއްވާ ފެނުނީ ނޭޕާލް މީހެއް، ތުހުމަތު ކުރެވޭކަމެއް ނުފެނޭ: ފުލުހުން
މަރުވެފައި އޮއްވާ ފެނުނީ ނޭޕާލް މީހެއް، ތުހުމަތު ކުރެވޭކަމެއް ނުފެނޭ: ފުލުހުން

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައިވާ އޮއްވައި މިދިޔަ ހޯމަ ދުވަހުގެ ރޭ އިރާކޮޅު ފެނުނީ ނޭޕާލުގެ މީހެއް ކަމަށާއި އޭނާގެ މަރުވުމުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަނުކުރެވޭ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ 21 އިން ފެށިގެން ގެއްލިގެން ހޯދަމުން އައި ރުޕަން ތަޕާ މަގަރް ކަން ފޮރެންސިކް ކަން ތަހުލީލުތަކުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން ރުޕަން ތަޕާ މަގަރް މަރުވުމުގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވޭ،" އުމުރުން 29 އަހަރުގެ އެ މީހާގެ މަރާ ގުޅިގެން ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏަަސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެ މީހާ މަރުވެފައި އޮއްވައި ފެނުނުއިރު ވެސް އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި އެއީ ކާކުކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ކުރިން ފުލުހުން ބުނެފައި ވެ އެވެ.