މަސްތުވާތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ޒުވާނަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައި އުމުރުން 23 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެކަމަކު، މާލޭގައި ހިންގި ޑްރަގު އޮޕަރޭޝަންގައި ހައްޔަރުކުރި އެ ޒުވާނާގެ ވަނަވަރު އަދި އާންމެއް ނުކުރެ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ އެޕާޓްމަންޓަކާއި ދެ ސައިކަލު ބަލާފާސްކުރުމަށް ފަހު އެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން 1،227 ގްރާމުގެ މަސްތުވާތަކެއްޗާއި 101،550ރ. ބަލައިފާސްކުރި ތަންތަނުން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ތަހުގީގަށް މިހާރު ވަނީ އެ ދެ ސައިކަލު ޓޯކޮށްފައި ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލު އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.