މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުން އައި ބިދޭސީއެއް ކަމަށް ބެލެވޭ
މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުން އައި ބިދޭސީއެއް ކަމަށް ބެލެވޭ

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައިވާ އޮއްވައި ރޭ ފެނުނީ މި މަހުގެ 21 ވަނަ ދުވަހުގެ ރެ އިން ފެށިގެން ގެއްލިގެން ހޯދަމުން އައި ބިދޭސީ މީހާ ކަމަށް ބެލޭނެ ކަންކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުން އައި ބިދޭސީއެއް ކަމަށް ބެލެވޭ
މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުން އައި ބިދޭސީއެއް ކަމަށް ބެލެވޭ

ފުލުހުން މިއަދު ބުނީ، މަރުވެފައި އޮއްވައި ފެނުނީ ފިރިހެނަކު ކަމަށާއި އެއީ ކާކުން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

އެ މީހާގެ ހަށިގަނޑު ރޭ އިރާކޮޅު ފެނުނުއިރު ވެސް އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި އެއީ ކާކުކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެއީ މި މަހުގެ 21 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާ ކަމަށް ބުންޏަސް އެ މީހާއާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެއީ ކޮން ގައުމެއްގެ އަދި ރާއްޖޭގެ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ނުބުނެ އެވެ.

ވޯޓަ ތީމް ޕާކެއް ހަދަން ވޯޓާ ފްރަންޓް އެންޑް ލެޝާ ކިޔާ ބަޔަކާ 2017 ވަނަ އަހަރު ހަވާލުކުރި ނަމަވެސް އެ ތަނުގައި އިމާރާތްތަކެއް ހެދުމަށް ފަހު، ވީރާނާވާން ދޫކޮށްލާފައިވާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. އަދި ވޯޓާ ތީމް ޕާކުގައި ހަދާފައިވާ އިމާރާތްތަކުގައި "ރަސްކަން" ކުރަނީ ކުށްވެރިންނެވެ.

އެ ތަނުގެ އެއްބަސްވުން އޮގަސްޓް 2022 ގައި އެޗްޑީސީން ބާތިލުކޮށް ތަން ހަވާލު ކުރަން އަންގާފައި ވިޔަސް ކޯޓު މަރުހަލާ އަށް ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުނިން އެ މައްސަލަ ވެއްދި އެވެ. އަދި އެންމެ ފަހުން އެޗްޑީސީން ނިންމި ނިންމުމަށް އަމަލުކުރުން ހައި ކޯޓުން ސެޕްޓެމްބަރު 2022 ގައި ހުއްޓުވި އެވެ.